މަޖިލިސް ރައީސް އަބްދުއްރަޙީމް ސްވިޒަލޭންޑަށް

މަޖިލިސް ރައީސް އަބްދުއްރަޙީމް ސްވިޒަލޭންޑަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް، ސްވިޒަލޭންޑްގެ ޖެނީވާއަށް ރޭ ފުރާވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ހިމެނޭހެން މަޖިލީހުގެ ވަފްދެއް ޖެނީވާއަށް ފުރާވަޑައިގަތީ އެގައުމުގައި މިމަހުގެ 13 ން 17 އަށް އޮންނަ "އިންޓަ-ޕާލަމެންޓްރީ ޔޫނިއަން" (އައިޕީޔޫ)ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން ދެން މިދަތުރުގައި ބައިވެރިވާ މަޖިލީހުގެ މެމްބަރުންނަކީ، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.

މިފަހަރު އައިޕީޔޫ އެސެމްބްލީގެ މައުލޫއަކީ ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *