ސަރުކާރުން އުޅެނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއްކަމަށް ރައްޔިތުންނަށް ދައްކަން: ފައްޔާޒް

ސަރުކާރުން އުޅެނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއްކަމަށް ރައްޔިތުންނަށް ދައްކަން: ފައްޔާޒް

މި ސަރުކާރުން އުޅެނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއް ކަމަށް ރައްޔިތުންނަށް ދައްކަން ކަމުގައި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ކުޅުދުއްފުށީގައި ފެށި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންނަކީ ބޭކާރު ބަޔެއް ކަމުގައި އަދި ކައުންސިލަރުންނާއި ކައުންސިލްތަކަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ކަމުގައި ރައްޔިތުންނަށް ދައްކަން ކަމަށެވެ. އަދި ކައުންސިލްތަކުގެ މަސައްކަތުގައި އޮންނަނީ ކޮރަޕްޝަން ކަމަށާއި ކައުންސިލަރުން ބޭރު ގައުމުތަކަށް ގޮސް މަޖާ ކުރަނީ ކަމަށް ދައްކަންވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތަކުގެ އަދަދު މަދު ކުރުން ނަމަވެސް، އެމްޑީޕީގެ ވިސްނުން މުޅިން ތަފާތު ކަމަށެވެ.

"އަޅުގަނޑުމެންގެ އެމްޑީޕީގެ ވިސްނުން އޮތީ ހަމަ މިހާރު އޮތް ގޮތަށް ކައުންސިލަރުންގެ އަދަދު ވެސް، ޑަބްލިއުޑީސީގެ މެމްބަރުންވެސް އަދި ޑަބްލިއުޑީސީގެ މެމްބަރުންނަކީވެސް ފުލްޓައިމް ބައެއްގެ ގޮތުގައި ބޭތިއްބުން،" ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލަރުންގެ އިތުބާރު ގެއްލުވާލަން ކަމަށާއި، އެކަން ވިޔަނުދިނުމަށް ކައުންސިލަރުންގެ ކިބައިން ފައްޔާޒް އެދިވަޑައިގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *