ކުޅުދުއްފުށީގައި މިއަދު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުރިއަށް ދަނީ. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ކުޅުދުއްފުށީގައި މިއަދު ފަށައިފި

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ކުޅުދުއްފުށީގައި މިއަދު ފަށައިފި

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" މިއަދު ހެނދުނު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި ކޮންފަރެންސްގައި އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކައުންސިލަރުން ބައިވެރިވެފައިވެއެވެ. ކައުންސިލަރުންގެ އިތުރުން މި ކޮންފަރެންސްގައި ޕާޓީގެ ލީޑަރޝިޕްވެސް ބައިވެރިވެއެވެ. އެގޮތުން ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ޗެއާރޕާސަން ފައްޔާޒް އިސްމާއީލްވެސް މިވަގުތު ތިއްވެބީ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުޅުދުއްފުށީގައެވެ.

މިއަދު ކުޅުދުއްފުށީގައި ފަށާ ކައުންސިލަރުންގެ ކޮންފަރެންސަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނަށް ޚާއްސަ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ނަމަކީ "ލާމަރުކަޒީ ގުޅުން" އެވެ.

އެމްޑީޕީ އިން ކައުންސިލަރުންގެ ކޮންފަރެންސެއް މިއަދު ބާއްވާއިރު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހު ތަކެއް ގެނެސްފައެވެ. އޭގެތެރޭގައި ކައުންސިލް މެމްބަރުންގެ އަދަދު ވަނީ ކުރިޔަށްވުރެ މަދު ކުރަން ނިންމާފައެވެ. ލާމަރުކަޒީ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަކަށް އެމްޑީޕީން ބުނެފައި ވަނީ އެއީ ރަށްރަށުގެ ރައްޔިތުންނަށް ދޫކޮށްލި ބާރު އަލުން އަނބުރައި މާލެއަށް ޖަމާކޮށް، ލާމަރުކަޒީ ޤާނޫނުގެ ބާރު ކަނޑުވާލުމަށް ގެނައި އިސްލާހު ތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *