ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ހުންގާނު ހަވާލުކޮށްގެން ދުއްވި މައްސަލަ ބަލަނީ

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ހުންގާނު ހަވާލުކޮށްގެން ދުއްވި މައްސަލަ ބަލަނީ

މާލެ އާއި ހުޅުމާލެ ގުޅިފައިވާ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލްގެ ހުންގާނު ދީގެން ސައިކަލް ދުއްވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މި ވީޑިޔޯ ސޯޝަލް މީޑިޔާގައި ދައުރުވުމާއެކު ގިނަބަޔަކު ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބެލުމަށް ގޮވާލާފައެވެ. އެއީ ތުއްތު ކުއްޖަކު ގަސްތުގައި ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމާއި، އަދި އެ ނުރައްކަލުގެ ތެރެއަށް އެތައް ބަޔަކު ވަދެދާނެފަދަ ނުރައްކާތެރި ކަމެއް ކަމުގައިވާތީއެވެ. ވީޑިޔޯ ކޮށްފައި ވަނީ ކާރެއްގައި ދަތުރުކުރި މީހެކެވެ.

އެ ވީޑިއޯގައި ފެންނަނީ ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ ކުރިއަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައިދާއިރު އެ ކުއްޖާގެ އަތަށް ސައިކަލުގެ ކަނާތް ފަރާތް ނުވަތަ ސްޕީޑް ކޮންޓްރޯލް ކުރަން ދީފައިވާތަނެވެ. ފަހަތުގައި އިން ފިރިހެން މީހާ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންނައިރު، އޭނާގެ ކަނާތް އަތް އޮތީ ފައިމަތީގައިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ސައިކަލު ދުއްވި މީހާ ހޯދައި އޭނާއާވެސް ފުލުހުން މިހާރު ސުވާލު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގައި ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓަށް ފޮނުވުމުގެ މައްސަލަވެސް ފުލުހުން ދަނީ ކުރަމުން ކަމަށާއި، އެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *