ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަދައިފި

ރާއްޖޭގައި އިންޑިޔާގެ ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަދައިފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ހަދައިފިއެވެ.

އެކަން އެގޮތަށް ހަމަޖެއްސީ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުން ތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ވަނީ ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓެއް ދެއްވައިފަ އެވެ.

އެ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި މޯދީ ވިދާޅުވީ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި  އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ވެސް ރާއްޖޭގައި ފަށާނެ ކަމަށެވެ. މިއަދު ވަނީ އެކަމާ ބެހޭ އެއްބަސްވުމުގައި ވެސް ދެގައުމުގެ މެދުގައި ސޮއިކޮށްފައި ކަމަށް މޯދީ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *