ފިހާރައެއްގެ ތެރޭގައިހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ފިހާރައެއްގެ ތެރޭގައިހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މާލޭގެ ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން ބުނީ މާލޭގެ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 21:01 ގައި ކަމަށެވެ. މިމައްސަލައިގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މާރާމާރީގެ މިމައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *