ބޭންކަށް ޑޮލަރު ޖަމާކުރަން ލާޒިމު ކުރުން ރަނގަޅު، އެކަމަކު ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު ނަގާނަމަ، ގެސްޓް ހައުސްތަކާއި ކުދި ރިސޯޓުތައް ފުނޑޭނެ: ފައްޔާޒު

ބޭންކަށް ޑޮލަރު ޖަމާކުރަން ލާޒިމު ކުރުން ރަނގަޅު، އެކަމަކު ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު ނަގާނަމަ، ގެސްޓް ހައުސްތަކާއި ކުދި ރިސޯޓުތައް ފުނޑޭނެ: ފައްޔާޒު

ޓޫރިސްޓު ފެސިލިޓީތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބަލައިގެން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން ގެސްޓް ހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވިއްކާ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި, އެމްއެމްއޭއިން މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

މި ބަދަލާއެކު ޑޮލަރު މާރު ކުރަން ޖެހޭނީ ޓޫރިސްޓު ފެސިލިޓީއަކަށް ޓޫރިސްޓުން އަންނަ މިންވަރަކުންނެވެ. އާ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެއެވެ. އަދި ގެސްޓްހައުސް ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެއެވެ.

މިކަމާގުޅިގެން ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިސްޓު ފެސިލިޓީތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމަށް ލާޒިމުކުރުމަކީ، ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ނިންމި އެންމެ ބޮޑު ނިންމުން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނަސް، އެކަން ތަންފީޒުކުރާ ގޮތާމެދު ފައްޔާޒު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ވިދާޅުވީ، ކޮންމެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ވަކި ޕަސެންޓޭޖެއް ނެގުން ކަމަށާއި މިހާރު ފޯމިއުލާ އޮތް ގޮތުން ގެސްޓް ހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށެވެ.

"މި ސިޔާސަތުގެ މިހާރުގެ ސިފައިގައި ތަންފީޒުކޮށްފި ނަމަ ގެސްޓް ހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތައް ހަލާކުވެގެންދާނެ. ގެސްޓް ހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު ފަންތީގެ ރިސޯޓްތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ފައްޔާޒް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *