ލ. ގަމުގައި ކުއްޖަކު ރަހީނުކޮށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ ކުއްޖާގެ މަންމަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިފުޅުގައި ގޭގައި ހުއްޓައި، ގެއަށް އެހެން ދަރިވަރުން ތަކެއް ވަދެ، މަރާލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ބޭރަށް ގެންގޮސް ބަރަހަނާ ކޮށްފައިވާ ކަމަށެވެ.
އެ ކުއްޖާ ބަރަހަނާ ކުރުމަށްފަހު ދަނޑިބުރިން އަނިޔާކޮށް ވީޑީޔޯ ކޮށްފައިވާ ކަމަށާއި އެ ވީޑިޔޯތައް ބޭނުން ކޮށްގެން އެ ކުއްޖާއަށް ބްލެކްމެއިލް ކޮށްފައިވާ ކަމަށާއި އަދި އިންސްޓަގްރާމް ގްރޫޕަކަށް އެ ވީޑިޔޯތައް ލުމަށްފަހު މަރުގެ އިންޒާރު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން އެކަމާގުޅޭ މައުލޫމަތު ހޯދުމުގު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.