އިއްޔެ ހަވީރު ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ އޮފިސަރުންތަކެއް ބިދޭސީން ތިބޭ ފިހާރައަކަށް ގޮސް ސުވާލު ކުރަނީ. ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 92 ދިވެއްސަކަށް ނޯޓިސް ދީފި

ގަވައިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 92 ދިވެއްސަކަށް ނޯޓިސް ދީފި

ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ 92 ދިވެއްސަކަށް، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި ނަސޭހަތުގެ ނޯޓިސް ދީފިއެވެ.

އިމިގްރޭޝަނުން ބުނީ ނަސޭޙަތުގެ ނޯޓިސް ދީފައިވާނީ ލިޔުމުން ކަމަށާއި، ނޯޓިސްގައިވާ ކަންކަން އިސްލާހު ނުކޮށްފިނަމަ، ގަވައިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުޅުމާލޭގައި އިއްޔެ ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނުގައި 200 އަށްވުރެގިނަ އިމިގްރޭޝަނުގެ އޮފިސަރުން ބައިވެރިވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އުތޯރިޓީންވެސް ބައިވެރިވިއެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 314 ތަނެއް ބަލައި ފާސްކޮށް، 769 ބިދޭސީންނާ ސުވާލު ކޮށްފައިވާ ކަމަށެވެ. ސުވާލު ކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ އަދި ފިލައިގެން އުޅޭ ކަމަށް ރިޕޯޓް ކޮށްފައިވާ 28 ބިދޭސީއަކު ފެނިފައިވާ ކަމަށެވެ. އެމީހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *