ޑރ. އިޔާޒާއި ޑރ. ޝަހީމްގެ ކޯޅުން: އިޔާޒްގެ ފަރާތުން ޝަކުވާގެ ސިޓީއެއް ރައީސް މުއިއްޒަށް!

ޑރ. އިޔާޒާއި ޑރ. ޝަހީމްގެ ކޯޅުން: އިޔާޒްގެ ފަރާތުން ޝަކުވާގެ ސިޓީއެއް ރައީސް މުއިއްޒަށް!

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒުގެ އަނބިކަނބަލުންނާއި ގުޅުވައގެން،ި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެނައުމަށް ޑރ. އިޔާޒު ސިޓިއެއް ފޮނުވައިފިއެވެ.

ރައީސްއަށް އެޑްރެސްކޮށް އިޔާޒު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ގައުމީ ނިޝާން ޖެހި ޕޯޑިއަމްގައި ވާހަކަ ދައްކަވަން ކޮންމެ ބޭފުޅަކަށްވެސް ފުރުސަތު ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތުން ރަސްމީ ވާހަކަ ދެއްކުމަށް ކަމަށެވެ.

ނަމަވެސް އިއްޔެ މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަ ތަކަކީ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތް ކަމަށް ބެލެވޭ ފަދަ ވާހަކަ ތަކެއް ކަމަށް ސިޓީގައި އިޔާޒް ތުހުމަތުކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމެއްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތް ކަމަށް ބެލެވޭ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށާއި، މިފަދަ އަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވުން އެކަށީގެން ނުވާ އަދި އިސްލާމީ އަޚުލާގާއި ދިވެހި މުޖުތަމައުގެ އާދަކާދައާއި ޚިލާފު އަމަލެއް ކަމުގައި ދެކޭ ކަމަށްވެސް އެ ސިޓީގައި އިޔާޒް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝަހީމް، އެ ވާހަކަތައް ދެއްކެވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން މީޑިޔާ މެދުވެރިކޮށް އަމިއްލަ ޒާތީ ޕީއާރު ރަނގަޅު ކުރަން ކަމަށްވެސް ސިޓީގައި އިޔާޒް ތުހުމަތު ކުރެއްވިއެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ތިމާއަށް ފައިދާ ހޯދަން އުޅުމަކީ ޖިނާއީ ކުށެއްކަންވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.

އެހެން ކަމުން އެކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަހުގީގު ކުރަންޖެހޭ ބާވަތުގެ ކަމެއްކަން ވެސް އިޔާޒު ވަނީ ފާހަގަ ކުރައްވައިފައެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އިޔާޒުގެ އަނބިކަނބަލުން އޭނާއަށް ކޮންޓްރޯލު ނުވާ ވާހަކަ އާއި "ބަސްނާހާ" ވާހަކަ މީހުންގެ ގާތުގައި އިޔާޒު ދައްކަމުންދާ ކަމަށެވެ. ނަމަވެސް ޑރ. އިޔާޒް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *