ހުޅުމާލެއިން ކޮންމެ ގެވަޅަކަށް ކާރެއް ރަޖިސްޓްރީ ކޮށްދޭގޮތަށް، ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކޮށްނުދޭންވީ ކީއްވެ؟

ހުޅުމާލެއިން ކޮންމެ ގެވަޅަކަށް ކާރެއް ރަޖިސްޓްރީ ކޮށްދޭގޮތަށް، ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކޮށްނުދޭންވީ ކީއްވެ؟

ދާދިފަހުން އަޑު އިވިގެން ދިޔައީ ހުޅުމާލޭގެ ފޭސް ދޭކުން ދޫކޮށްފައިވާ ކޮންމެ ގެވަޅަކަށް 1 ކާރު ރަޖިސްޓްރީ ކޮށްދޭން ސަރުކާރުން ނިންމި ޚަބަރެވެ. މިއީ ގޯސް ނިންމުމެކޭ ބުނަނީކީ ނޫނެވެ. ބޮޑޫ އަގުގައި ކާރު ރަޖިސްޓްރީ ހަދައިދީގެން މަހުޖަނުންނަށް ވަކިބަޔަކު ވެގެންދިޔުން ހުއްޓުވަން ކޮންމެވެސް ފިޔަވަޅު ތަކެއް އަޅަން ޖެހެއެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ކާރު ރަޖިސްޓްރީ ކުރުން މިވަގުތު އެއޮތީ ހުއްޓާލާފައިވެސް އެކަމަށް ރަނގަޅު ޙައްލެއް ހޯދޭތޯ ކަމުގައި ގަބޫލު ކުރެވެއެވެ. ނަމަވެސް، އެކަން އޮތުމަށްފަހު ކުއްލިއަކަށް ހަމައެކަނި ހުޅުމާލޭގައި ހުރި ހުސް ގެވަޅުތަކަކަށް ކާރެއް ރަޖިސްޓްރީ ކޮށްދޭން ފުރުޞަތު ދިނުމަކީ އެންމެ ހަމަޖެހޭ ގޮތް ކަމުގައި ނުވެއެވެ. އެ ހުސް ގެވަޅުތައް ލިބުނު މީހުންގެ ކަންކަން މިހާތަނަށް ވީގޮތްވެސް އޮތީ ފެނިފައެވެ. އިންވަކިކޮށްލިއިރަށް ހުރިހާ ގެވަޅުތަކެއް ބަދަލު ވެގެންދިޔައީ ކެފޭ ތަކަކަށެވެ. އެއީ ހުއްދައެއް ނެތި ކުރިކަމެއް ކަމުން އެކަން އެއޮތީ ހުއްޓުވާފައެވެ.

އެހެންވީމާ ހަމައެކަނި ހުސްގެވަޅެއްގައި ޖަރާޖެއް ހަދާނެކަމަށް ބުނާ ބުނުމަކަކަށް ނުވަތަ ދައްކާ ކުރެހުމަކަށް އެ ގޯތި ތަކަށް އެކަނި ކާރު ރަޖިސްޓްރީ ކުރުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. ބަލަމާހެއްޔެވެ. އެ ބުނާ ކުރެހުމެއް ކުރަހައި ހުށަހަޅައިގެން ހުސްގެވަޅަށް ކާރު ރަޖިސްޓްރީ ކުރުމަށްފަހު އެއިން ގޯއްޗެއް މައްޗަށް އަރާއިރު ގިނަ ގޯތި ތަކުގައި އެ ބުނާ ގަރާޖެއް ނޯންނާނެއެވެ. އެއީ ޔަގީނާ ގާތް ކަމެކެވެ. އަނެއްކޮޅުން އެ ގޯތިތައް ލިބިފައިވާ މީހުންނަށް ބޮޑު އަގުގައި ކާރު ރަޖިސްޓްރީ ވިއްކާލުމުގެ ފުރުޞަތެއްވެސް މީގެތެރެއިން އެބަލިބެއެވެ. އާއިލާ މީހަކަށްވެސް ވިއްކާ ލެވިދާނެއެވެ. ނަމަވެސް އާއިލާ މީހުންނަކީ ހަމައެކަނި މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ ދަރިންގެ ދަރިން، ނުވަތަ ދަރިން ކައިވެނި ކޮށްގެން އުޅޭ މީހުން ކަމުގައި ޝަރުތު ކޮށްފިނަމަ ބޮޑު އަގުގައި ރަޖިސްޓްރީ ވިއްކުމުގައި ތަޅު އެޅުވޭނެއެވެ. އެއަށްވުރެ ދުރުން އާއިލާއަށް ބަލައިފިނަމަ، ބޮޑު އަގުގައި ރަޖިސްޓްރީ ވިއްކަން ކުޑަދޮރެއް އަބަދުވެސް އިންނާނީ ހުޅުވިފައެވެ.

ހުސްގެވަޅު ތަކެއްގައި ޖަރާޖު ހަދާނެ ކަމަށް ބަލައި، ހަމައެކަނި ހުސް ގެވަޅު ތަކަށް އެކަނި ކާރު ރަޖިސްޓްރީ ކުރުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. އަދި އެތައް ބަޔެއްގެ ހައްގު އެކަމުގެ ސަބަބުން ގެއްލިގެންވެސް އެބަދެއެވެ. މިހާރުވެސް ރަޖިސްޓްރީ ނުކުރެވި އެތައް ސަތޭކަ ކާރެއް މާލެ އާއި ހުޅުމާލޭގައި އެބައޮތެވެ. ފުރުޞަތު ދޭންވީ ވީވަރަކުން އެ ކާރުތައް ރަޖިސްޓްރީ ކުރުމަށެވެ. ދެވެން އޮތް އެންމެ ހަނި ފުރުޞަތެއްގެ ތެރެއިން ވިޔަސްހެވެ. ހުސްގެވަޅަށް އެކަނި ކާރު ރަޖިސްޓްރީ ކޮށްދޭނަމަ، އެހެންނޫނީ އެތައްހާސް މީހުންގެ ހައްގު އެބަ ހަނިވެއެވެ.

އެގޮތުން އެންމެ ބޮޑަށް ހައްގު ގެއްލެނީ ހުޅުމާލެއިން ފްލެޓް ލިބިފައިވާ ފަރާތްތަކަށެވެ. އެމީހުންނަކަށް އެއްވެސް ގޮތެއް ނެތެވެ. ގޯތިލިބި ގެ އަޅާފައިވާ މީހުންނަށްވެސް ކޮންމެވެސް ގޮތަކުން ގަރާޖެއް އެ ގޯތީގައި ހެދިދާނެއެވެ. އިމާރާތަށް ބަދަލުތަކެއް ގެނެސްގެން ވިޔަސް ހެދިދާނެއެވެ. ނަމަވެސް ފްލެޓް ލިބިފައިވާ މީހުންނަށް ހަމަ އެއްވެސް ފުރުޞަތެއް ނެތެވެ. އެމީހުންނަށް ލިބިފައި ވަނީ ފްލެޓްގެ އެތެރެއެވެ.

މި މައްސަލައަށް މީގެ ކުރިން ސަރުކާރުން ކޮންމެވެސް ފުރުޞަތެއް ދިނެވެ. ނަމަވެސް ފަހުން އެ ފުރުޞަތު ބަންދު ކުރިއެވެ. އޭރު ބަޔެއް މީހުންނަށް ފްލެޓަކަށް 1 ކާރު ރަޖިސްޓްރީ ކުރަން ފުރުޞަތު ދިނެވެ. ނަމަވެސް އެ ފުރުޞަތު ބަންދު ކުރުމާއެކު ބޮޑު އަގުގައި ރަޖިސްޓްރީ ވިއްކާ މީހުންގެ ވިޔަފާރި އަނެއްކާވެސް މެކުހަށް ޖެހިއެވެ.

ކާރު ގެންގުޅޭ މީހުންނަށް ބަލާއިރު ފްލެޓް ލިބިފައިވާ އެތައް ބަޔަކުވެސް ކާރު ގެންގުޅެއެވެ. ކާރު ގެނެސްފައިވެސް އެބަހުއްޓެވެ. ނަމަވެސް އެމީހުންނަކަށް ފުރުޞަތެއް ނެތެވެ. ވީމާ ހުސްގެވަޅަށް 1 ކާރު ރަޖިސްޓްރީ ކޮށްދޭ އުސޫލުގެ ތެރެއިން ހުޅުމާލެއިން ފްލެޓް ލިބިފައިވާ ކޮންމެ ފްލެޓަކަށް 1 ކާރު ރަޖިސްޓްރީ ކުރަން ސަރުކާރުން ފުރުޞަތު ދޭންޖެހެއެވެ. އެކަމަކު ދޭއިރު ފްލެޓް ލިބިފައިވާ ފަރާތް ނުވަތަ އާއިލާ މީހަކަށް އެކަނި އެކަންވާ ގޮތަށް އުސޫލެއް ހެދިދާނެއެވެ. އާއިލާ ކަމުގައި ބަލާ މިގަނޑަކީވެސް ބޮޑު އަގުގައި ރަޖިސްޓްރީ ކުރުން ވިއްކާނުލެވޭނެހާ ގާތް އާއިލާ މިންގަނޑަކަށް ހަދަންވާނެއެވެ. ހުޅުމާލެއިން ކޮންމެ ހުސްގެވަޅަކަށް 1 ކާރު ރަޖިސްޓްރީ ކޮށްދޭފަދައިން، ކޮންމެ ފްލެޓްކަށް 1 ކާރު ރަޖިސްޓްރީ ކުރުން މިއީ ރަނގަޅު ހައްލަކަށް ވެގެންދާނެއެވެ. އޭރުން ފްލެޓް ލިބިފައިވާ މީހުންގެ ހައްގުވެސް ލިބިގ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *