ޔާމީންގެ ރައްދު ފައިސަލަށް: 2013 ގައި އަޅުގަނޑު ހޮވުނުއިރު އަދުރޭ ހުރީ ގާސިމް ހޮވަން ނުކުމެ

ޔާމީންގެ ރައްދު ފައިސަލަށް: 2013 ގައި އަޅުގަނޑު ހޮވުނުއިރު އަދުރޭ ހުރީ ގާސިމް ހޮވަން ނުކުމެ

ރައީސް ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވީ އަބްދުއްރަހީމް (އަދުރޭ) ކަމަށް ދަރިފުޅު ފައިސަލް އިބްރާހިމް ވިދާޅުވުމުން އަދުރޭ ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކައިރީގައި ކަމަށާއި އެއްވެސް ހާލަތެއްގައި ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވީ އަދުރޭ ނޫން ކަމަށް ވިދާޅުވެ ވަރުގަދަ ރައްދެއް ޔާމީން ދެއްވައިފިއެވެ.

ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ބޮޑު ތަފާތަކުން ކުރީގައި އޮތީ ރައީސް ނަޝީދު ކަމަށެވެ. ދެވަނައަށް ޔާމީން، ތިން ވަނައަށް ގާސިމް އަދި ހަތަރު ވަނައަށް ރައީސް ވަހީދު ކަމަށެވެ. ވޯޓުގެ ތަފާތުން އުޅުނީ ރައީސް ޔާމީން 63،000 ވޯޓު އަދި ގާސިމް 61،000 ގައި ކަމަށެވެ.

ފައިސާ ނެތިގެން ރައީސް ޔާމީނަށް ތާއީދު ނުކޮށް ގާސިމަށް ތާއީދު ކުރަން ބުނި ކަމަށްް އަދުރޭ ވިދާޅުވި ވާހަކަ އޭރު ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅަކަށް އަޑުއިވިފައިވާ ކަމަށާއި އެކަން ރައީސް ޔާމީނާ ހަމަޔަށް އައީ ދޮގު ނުކުރެވޭ ވަރުގެ މީހެއްގެ ފަރާތުން ކަމަށާއި އަދުރޭއަކަށް އެ ވާހަކަ ދޮގެއް ނުކުރެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ އަބްދުއްރަހީމް އޭރު ޕީޕީއެމް ތެރޭގައި ހުންނެވިޔަސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ އަޅުގަނޑާއެކުގައެއްނޫން. ޕީޕީއެމްގެ ފުރަތަމަ އިންތިޚާބުގައި ނައިބު ރައީސް ކަމަށް ކުރިމަތި ލައިގެން ނާކާމިޔާބު ވުމުން އަބްދުއްރަހީމް ފުރައިގެން ދިޔައީ މެލޭޝިޔާއަށް، ގޮސް އައީ ރައީސް

އޭރު އަދުރޭ 2013 ގައި ހުރީ ޔާމީން ހޮވޭތީއެއް ނޫންކަމަށާއި އަދުރޭ ގާސިމް ކައިރީ މަސައްކަތްކޮށްގެން، ގާސިމް ނުހޮވުމުން ޕީޕީއެމްއަށް އެނބުރި އައިސް މަސައްކަތް ކުރަން ފެށި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަދުރޭ އަކީ މާގިނަ ސިޔާސީ މަސައްކަތެއް ކޮށްގެން ޔާމީނަށް ގޮނޑި ކާމިޔާބު ކޮށްދެއްވި މީހެއް ކަމަށް އަދުރޭގެ ދަރިފުޅު ފައިސަލަށް ހީވަންޏާ ދެން ޖެހޭނީ މިކަހަލަ ކަންކަމުގެ ހަގީގަތް އޮޅުންފިލުވައިދޭން ކަމަށް ވިދާޅުވެ ޔާމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަން ހިނގައި ދިޔަގޮތުގެ ވާހަކަ ދައްކަވާފައެވެ.

އަދި މިކަހަލަ ވާހަކަ ހުންނަވަނީ ނުދައްކަން ކަމަށާއި އެއީ އެވާހަކަ ތަކަކީ މާޒީކަމުން ކަމުގައިވާތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *