FILE PHOTO: An employee of a bank counts US dollar notes at a branch in Hanoi, Vietnam May 16, 2016. REUTERS/Kham

މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ އަތުގައި 1 ލައްކަ ޑޮލަރު

މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ އަތުގައި 1 ލައްކަ ޑޮލަރު

ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން އައިސް އައިސް، އެނބުރި ވަރަށް އަވަހަށް ރާއްޖެއިން ފުރާތީ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ އަތުން 1 ލައްކަ ޑޮލަރު ފެނިއްޖެއެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 1.5 މިލިޔަން ރުފިޔާއެވެ. އޭނާ ހައްޔަރުކުރީ އާންމު ގޮތެއްގައި ޑޮލަރު ހިފައިގެން މާގިނައިން ރާއްޖެ އައިސް، އަދި އާންމުކޮށް އެއްދުވަސް ފަހުން އެނބުރި ރާއްޖެއިން ފުރާތީ އޭނާއާމެދު ޝައްކުތަކެއް އުފެދިގެންނެވެ. އެއީ އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އަބްދުލްރަގޫބް ނިސްތާރު ހަލީމް ރަހްމާން ކިޔާ މީހެކެވެ.

އޭނަ ހައްޔަރު ކުރީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. ހައްޔަރުކުރި އިންރު އޭނާގެ ދަބަހުގައި ފޮރުވާފައިވާ 1 ލައްކައެއްހާ ޑޮލަރަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 5 ދުވަހެވެ. ނަމަވެސް 5 ދުވަސް ހަމަވާތީ ބަންދަށް އިތުރު މުއްދަތަށް އެދުމުން މިހާރު ކޯޓުން ވަނީ 10 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ހައްޔަރުކުރި މީހާގެ އަތުން ފެނުނު 1 ލައްކަ ޑޮލަރަކީ މަނީ ލޯންޑަރިންގެ ފައިސާ ނޫން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ އެކިމީހުން އޭނާއާ ހަވާލުކޮށްފައިވާ ފައިސާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މީހުން ފައިސާ ހަވާލުކުރި ކަމުގެ ލިޔުންތަކެއްވެސް ފެނިފައިވެއެވެ.

ކޯޓުން ބުނެފައި ވަނީ އޭނާއަށް އެ ފައިސާތައް ލިބުނު ގޮތް  ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާތީ އާއި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާ ފަދަ އަމަލު ތަކެއް އެބަހުރި ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން އަމުރު ދިނީ އެކަމަށް ބަލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *