ހުޅުމާލެއިން އަލަށް ދޫކުރި ކޮންމެ ގެވަޅަކަށް ކާރެއް ރަޖިސްޓްރީ ކޮށްދޭން ނިންމައިފި

ހުޅުމާލެއިން އަލަށް ދޫކުރި ކޮންމެ ގެވަޅަކަށް ކާރެއް ރަޖިސްޓްރީ ކޮށްދޭން ނިންމައިފި

ހުޅުމާލެ ފޭސް ދޭކުން އެންމެ ފަހުން ދޫކުރި ކޮންމެ ގޯއްޗަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން އެޗްޑީސީ އިން ނިންމައިފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްލޭނިން އަދި އިމާރާތް ކުރުމުގެ އުސޫލު" ގެ 14 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން އިމާރާތް ނުކޮށް އޮންނަ ހުސް ބިމުގައި ކާރެއް ރަޖިސްޓަރީ ކުރަން އެދޭ ނަމަ އެ ފުރުސަތު އެބައޮތް ކަމަށެވެ.

އެޗްޑީސީން ބުނީ ރަޖިސްޓްރީ ކޮށްދެވޭނީ އެންމެ ކާރެއް ކަމަށެވެ. އަދި ކާރު ރަޖިސްޓްރީ ކޮށްދެވޭނީ ގޯތީގެ ވެރިފަރާތް ނުވަތަ ވެރިފަރާތާ އާއިލީ ގުޅުން އޮތް މީހެއްގެ ކާރު ކަމަށެވެ. ކާރު ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތަކީ ގޯތީގެ ވެރިފަރާތް ނޫންނަމަ، ހުށަހަޅާ ފަރާތާއި، ގޯތީގެ ވެރިފަރާތާއި އާއިލީ ގުޅުން އޮތް މީހެއްކަން ސާބިތު ކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައްވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ގޯތި އިމާރާތް ކުރަން ހުށަހަޅާ ކަރުދާހުގައިވެސް، ރަޖިސްޓްރީ ކުރި ކާރު އޮންނަ ޖަރާޖު ހިމަނާފައި އޮންނަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *