ހޯމްލޭންޑް ސެކިއުރިޓީ، އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)، ހިންނާ ޚާލިދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ޕީއެސްކަމާ ހަވާލުވެވަޑައިގެންނެވި ހިންނާ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބު ހާމަ ކުރައްވާފައި ނުވެއެވެ.
ހިންނާ ވަނީ މީގެކުރިން، ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ކަމާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަންވެސް ކުރައްވާފައެވެ.