ހުޅުމާލޭގައި މީގެކުރިން ހިނގި އެކްސިޑެންޓެއްގެ މަންޒަރު. އެކްސިޑެންޓްތައް ގިނައިން ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވައިގެން

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އުންމީދު ކަނޑާލައި، ވެންޓިލޭޓަރުގައި

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު އުންމީދު ކަނޑާލައި، ވެންޓިލޭޓަރުގައި

މާލޭގައި ކާރަކާއި ސައިލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ރޭ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިލެއް ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

މަންޒަރު ދުށް ފަރާތަކުން ބުނީ، ސައިލެއްގައި ބާރު ސްޕީޑުގައި ދުއްވާފައި އައިސް ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ، ކޮއިމަލާ ހިނގުމަށް އަޅަން އައި ޓެކްސީއެއްގައި ކަމަށެވެ. އެ ކާރުގެ ކުރީ ދޮރުފަތާ ދިމާލުން ސައިލަކު ޖެހުމުން ޓެކްސީއަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން ޒުވާނާވެސް ވިއްސައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ސައިކަލުގައި އިން މީހާގެ މޫނަށާއި ބޮލަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އަދި މޭ ކަޑިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ވެއެވެ. އަދި ހިތުންވެސް ބްލީޑު ވާކަމަށްވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *