ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް ފުރާވަޑައިގެންފި

ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ރޭ ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާގެ ނިޔަލަށް ޒަމީރު ކުރައްވާ ދަތުރުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު، ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ޒަމީރުގެ މި ދަތުރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޒަމީރު މި ފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީ ފުޅަކާއެކު ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިންއަށްވެސް ވަޑައިގެންފައެވެ. އަދި އެ ދަތުރުތަކުގެ ތެރެއިން، ރާއްޖެއަށް މާލީ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު އާވެފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *