ގެދޮރުވެރި ކަމުގެ ކަންކަން ނިންމާނީ ކަމާބެހޭ ސޮސައިޓީ ތަކުގެ ޚިޔާލާއެކު: ރައީސް

ގެދޮރުވެރި ކަމުގެ ކަންކަން ނިންމާނީ ކަމާބެހޭ ސޮސައިޓީ ތަކުގެ ޚިޔާލާއެކު: ރައީސް

ގެދޮރުވެރިމުގެ ދާއިރާއިން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތާނގައި ނިންމަން އޮތް ކަންތައްތައް ނިންމާނީ ކަމާބެގޭ ޖަމްއިއްޔާ، ޖަމާއަތްތަކާއި، ޔޫނިއަންތަކުގެ ހިޔާލާ މަޝްވަރާ ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ގެދޮރުވެރިކަމާބެހޭ ޔޫނިއަން ތަކުގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރެއްވުމަށް ހަަމަޖެހިފައިވާކަން ހާމަ ކުރައްވައި ރައީސް އޮފީހުން ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ބައްދަލުވުމަކީ ވަރަށް "ލުކް ފޯވާޑް" ކުރައްވާ އަދި އެމަނިކުފާނަށް މުހިންމު ބައްދަލުވުމެއް ކަމުގައެވެ.

މި ބައްދަލުވުމުގައި، ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކުގެ ތެރެއިން، ފަހި ޔޫނިއަން، އާއި  ގިރާވަރު މާލެ ސިޑިޒަންސް އެސޯސިއޭޝަން، އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީގެ އިތުރުން މާލެ ރައްވެހިންގެ ޖަމްއިއްޔާ ހިމެނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެބޭފުޅުންގެ ހުރި އެކި ކަހަލަ އިހްސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރަން ބޭނުންވާ ވާހަކަފުުޅުތައް ހިއްސާ ކުރުމަށް، އެބޭފުޅުން ބޭނުންވާ ވަރަކަށް ފުރުސަތު ދޭނަން.  އަޅުގަނޑު ބޭނުން ވަނީ އެ ހުރިހާ ބޭފުޅުންގެ އަޑު އަހައިގެން ކުރިއަށްދާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ހުރިހާ ޖަމްއިއްޔާ ތަކާއި ކޮމިޓީތަކަކީ ވަަރަށް ގިނަ ރައްޔިތުން ރެޕްސެންޓް ކުރާ ބައެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުންގެ ތެރެއިން ވަރަށްގިނަ ކަންތައްތައް އެނގިގެންދާނެ ކަމަށްވެސް ވިދާޅުވިއެެވެ.

"އެހެންވީމަ މި ބައްދަލުވުމުގެ ނަތީޖާއަކަށް ވާނީ މިހުރިހާ ބޭފުޅުން ދައްކާ ވާހަތައް އަޑު އަހައިގެން ގެދޮރުވެރިމުގެ ދާއިރާގެ ކަންތައްތައް، ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި ކުރިއަށް އޮތްތާނގައި ނިންމަން އޮތް ކަންތައްތަކުގައިވެސް ހިޔާލާ މަޝްވަރާ ލިބިގެން ކަންތައް ނިންމުން،" ރައީސް ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *