އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ބަދަލު ކުރަނީ

އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ކުންފުނި، އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ބަދަލު ކުރަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން ވަނީ ރައީސްގެ ގެ ކުރު ވީޑިޔޯކޮޅެއް ސޯޝަލް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

އެ ވީޑިޔޯގައި ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ ތެރެއިން މިދިޔަ ހަފުތާގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ބަދަލު ކުރަން ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. މިއަދުގެ ކެބިނެޓު ބައްދަލުވުމުގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލު ކުރުމާއި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެޗްޑީސީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަންގެ ދަށަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *