މާލޭ ބަނދަރުން ފުރަން ތައްޔާރު ވަމުންދާ މުދާ އުފުލާ ބޯޓެއް.

ވިސާ ނެތް "ބަންގާޅީން" ފިލަން ވެގެން މާލެ ދޫކޮށް ރަށްރަށަށް ފުރައިގެން ދަނީ

ވިސާ ނެތް "ބަންގާޅީން" ފިލަން ވެގެން މާލެ ދޫކޮށް ރަށްރަށަށް ފުރައިގެން ދަނީ

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، ޑީޕޯޓު ކުރަން ފެށުމާއެކު މާލޭގައި އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ފުރައިގެންދާ މައްސަލަތައް ފެންމަތި ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން ފުރައިގެން ރަށްރަށަށް ފުރައިގެންދާ މުދާ އުފުލާ ބޯޓު ފަހަރާއި މަސް އޮޑިފަހަރަށް "ބަންގާޅީން" އަރަނީ އެ އުޅަނދުތައް ފުރަން ކައިރިވުމުންނެވެ. އޭގެ ސަބަބުން އެމީހުންގެ އަތުގައި ވިސާ އާއި ވޯކްޕާމިޓް އޮތްތޯ ޗެކު ކުރާނެ ވަގުތު އުޅަނދުގެ ވެރިފަރާތަށް ގިނަފަހަރު އޮންނަނީ ނުވެފައެވެ.

މާލެ ޓައިމްސްއާ ވާހަކަ ދެއްކި ބަޔެއް މީހުން ބުނީ ބަންގާޅީން ފުރައިގެން ދަނީ އެ އޮޑިފަހަރު ތަކުގައި އުޅޭ އެމީހުންގެ އެކުވެރި "ބަންގާޅީން"ނާއި އަދި އެމީހުންދާ ރަށްރަށުގައި އުޅޭ ބަންގާޅީންނާވެސް ގުޅިގެންނެވެ. އެމީހުން ގޮސް ތިބެނީ އެމީހުންގެ އެކުވެރި ބަންގާޅީން ކައިރީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނައިން ބޯޓު ތަކަށް އަރައިގެން ބަންގާޅީން ދަނީ އާބާދީ ބޮޑެތި ރަށްރަށަށެވެ. އެމީހުން ފިލައިގެން އުޅެން ފަސޭހައަކަށް ކަމަށްވެއެވެ. ނަމަވެސް އާބާދީ ކުދި ރަށްރަށަށްވެސް ކޮންމެވެސް ވަރަކަށްދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެނގިފައިވާ ގޮތުގައި މާލެއިން ފުރާ މުދާ އުފުލާ ބޯޓުތަކަށް އަރައިގެން ފިލަން ވެގެން ބަންގާޅީން ރަށްރަށަށްދާ މައްސަލަ ބަޔެއް ރަށްރަށުގެ ކައުންސިލް ތަކުން ވަނީ އިމިރޭޝަނުގެ ސަމާލު ކަމަށްވެސް މިހާރު ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *