ބީއެމްއެލުން ބަޣާވާތް ކުރިކަމަށް ސަރުކާރުން ބުނުމުން ބޭރުގެ ބޭންކް ތަކުން ރާއްޖެއަށް ޚިދުމަތް ދިނުން ހުއްޓާލައިފާނެ: އަމީރު

ބީއެމްއެލުން ބަޣާވާތް ކުރިކަމަށް ސަރުކާރުން ބުނުމުން ބޭރުގެ ބޭންކް ތަކުން ރާއްޖެއަށް ޚިދުމަތް ދިނުން ހުއްޓާލައިފާނެ: އަމީރު

ބޭންކް އޮފް މޯލްޑިވްސް އިން ބަޣާވާތެއް ކުރި ކަމަށް ސަަރުކާރުން ކުރި ތުހުމަތާއި ގުޅިގެން، ބޭންކްގެ އިތުބާރާ މެދު ދުނިޔޭގެ މާލީ އިދާރާ ތަކުން ސުވާލު އުފައްދާނެ ކަމަށާއި، އަދި ބޭރުގެ ބޭންކް ތަކުން ރާއްޖެއަށް ޚިދުމަތް ދިނުން ހުއްޓާލުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމި ނިންމުމާއި އެ ނިންމުމާއި ގުޅިގެން އާއްމުން ކުރިމަތިކ ުރި ފާޑުކިއުން ތަކަކީ "މާލީ ބަޣާވާތެއް" ކަމަށް ތުހުމަތުކޮށް ސަރުކާރުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ތުހުމަތު ކުރެއްވުމުން ބީއެމްއެލްގެ ބޯޑާއި މެނޭޖްމެންޓް މިހާރު ވެފައި ވަނީ، ސަސްޕެކްޓެޑް ކްރިމިނަލްސް އަކަށް ކަމަށެވެ.

އެހެން ކަމުން ދުނިޔޭގެ އެހެނިހެން މާލީ އިދާރާ ތަކުން ބޭންކް އޮފް މޯލްޑިވްސްއާ މެދު ދެކޭނީ ކޮން ގޮތަކަށްތޯ އެއީ ބަލަންޖެހޭ ކަންތައް ތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އެގޮތަށް ކަންތައް ވުމުން ކަރެންސްޕޮންޑެންސް ބޭންކް ތަކުން ރާއްޖެއަށް ޚިދުމަތް ދިނުން ހުއްޓައިލައިފި ނަމަ، ނުކުންނާނެ ނަތީޖާއާ މެދު ސަރުކާރުން ވިސްނަންޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *