ބަޖެޓް ފައިނޭންސް ކުރަން އެއްވެސް މިންވަރެއް މި ސަރުކާރަށް ހޯދިފައި ނެތް: އަމީރު

ބަޖެޓް ފައިނޭންސް ކުރަން އެއްވެސް މިންވަރެއް މި ސަރުކާރަށް ހޯދިފައި ނެތް: އަމީރު

މި ސަރުކާރަށް 9 މަސް ވީއިރު، ބަޖެޓް ފައިނޭންސް ކުރަން އެއްވެސް މިންވަރެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހޯދިފައިނުވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް އޮޅުން ފިލުވައިދިނުމަށް، އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައެވެ.

އަމީރު ވިދާޅުވީ، އެ ފައިސާ ހޯދާނެ ގޮތް ސަރުކާރަށް ނޭނގޭ ކަމަށާއި އެކަމުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަަމަށެެވެ. އަދި ސަރުކާރުގެ ޚަރަދު ކުޑަ ނުކޮށް ސިޔާސީ މުވައްޒަފުން އިންތިހާއަށް ގިނަ ކުރަމުންދާ ކަންވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓަށް 3.2 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.  ފަންޑު ލިބިގެން ހިންގާ މަޝްރޫޢުތައް އަވަސްވުމުގެ ސަބަބުން ބަޖެޓް ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ޕްރޮޖެކްޓްތައް ހިންގަންވާނީ އޭގެ ފައިދާ އިޤްތިޞާދަށް އަންނަ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އިންޑައިރެކްޓް ސަބްސިޑީގެ ސަބަބުން ބަޖެޓަށް 3 ބިލިއަން އިތުރުވާ ކަމަށް ސަރުކާރުން ބުނާއިރު އެކަން އެނގި ތިބެ ރިފޯމްގެ ފިޔަވަޅުތައް ސަރުކާރުން ލަސް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުންވެސް ރާއްޖޭގެ މާލީ ހާލަތަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެެފައި ވާކަންވެސް އަމީރު ފާހަގަ ކުރެއްވިއެވެ.

އަމީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ މާލީ މާލަތު ރަނގަޅު ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅު ތަކުގެ މައުލުމާތު ހާމަ ކުރައްވައިފައެވެ.

އަމީރު ވިދާޅުވީ، ކޮވިޑަށްފަހު ހަރަދު ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތް ތަކުގެ ތެރެއިން، 34 ބިލިޔަން ރުފިޔާގެ ބަޖެޓެއް 26 ބިލިޔަނަށް ކުޑަކޮށް ފިޒިކަލް ސޭވިންއަށް 11 ބިލިޔަން ރުފިޔާ ގެނައި ކަަމަށެވެ.

ވެރިކަން ނިމުނުއިރު، ފިޒިކަލް ރިފޯމުގެ ތެރެއިން މި އަހަރުގެ ބަޖެޓްގައި އާސަބްސިޑީ ތަކެއް ފާހަގަ ކޮށްފައިވާނެ ކަމަށާއި، އާސަންދަ ރިފޯމް ކުރުމާއި ސަރުކާރު ކުންފުނިތައް އިސްލާހު ކުރުމުގެ އިތުރުން ތެލުގެ އަގު ކުޑަ ކުރުމަށް މަސައްކަތް ތަކެއް ރާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެތެެރޭގައި ހިމެނޭ ސަބްސިޓީ ރިފޯމް ކުރުުމުގެ ތެރެއިން ބަލްކު ޕްރޮކިއުމެންޓް ފަށައިފަ ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން ސަލާމަތް ވުމަށްޓަކައި އެމްޑީޕީން ރާވާފައިވާ ފިޒިކަލް ރިފޯމް ކުރިއަށް ގެންދިއުން މުހިއްމުކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، މިހާލަތު ދިމާވެފައި މިވަނީ  ރާވާފައި އޮތްގ ޮތަށް ފިޒިކަލް ރިފޯމް ނުކުރެވުމުގެ ނަތީޖާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *