ރައީސްގެ އެޑްވައިޒަރު މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި

ރައީސްގެ އެޑްވައިޒަރު މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފިއެވެ.

ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް ބަދަލު ކުރެއްވީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ. އަދި ބަދަލު ކުރި ސަބަބެއްވެސް ހީނާ ވިދާޅުނުވެއެވެ.

މުހުތާޒަކީ މީގެކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *