ޕީޖީ އޮފީހުން އެދުނީ ޝަމީމް ޙާޒިރުކުރާ ބައްދަލުވުން ލައިވް ކޮށްދޭން. ކޮމިޓީން ނިންމީ ލައިވް ކުރަން

ޕީޖީ އޮފީހުން އެދުނީ ޝަމީމް ޙާޒިރުކުރާ ބައްދަލުވުން ލައިވް ކޮށްދޭން. ކޮމިޓީން ނިންމީ ލައިވް ކުރަން

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކިކުރަން ނިންމާފައިވާ މައްސަލަ ތަކަށް ޖާވާބުދާރީ ވުމަށް، އޭނާ ހާޒިރު ކުރަން ހަމަޖެހިފައިވާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް އެ ކޮމިޓީން ފާސް ކޮށްފިއެވެ.

އެ ބައްދަލުވުން ކޮމިޓީން ސިއްރުކުރީ، އެ ބައްދަލުވުން ލައިވްކޮށް ދިނުމަށް ޕީޖީ އޮފީހުން އެދިފައި ވަނިކޮށެވެ.

ޝަމީމް ކޮމިޓީއަށް ހާޒިރު ކުރަން އޮތީ، 11:00 އަށެވެ. ނަމަވެސް ކޮމިޓީ ސިއްރު ކުރަން ފާސްކުރީ، 10:30 ގައި ކޮމިޓީ ބައްދަލުވުން ފެށުމަށްފަހުގައެވެ. ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ޝަމީމަށް ދައުވަތު ދެއްވާފައި ވަނީ 11:00 އަށް ކަމަށާއި، އޭގެކުރުން ކޮމިޓީ ކުރިއަށް ގެންދާނެ ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

ކޮމިޓީ ބައްދަވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އޭނާ  ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ބައެއް ބޭފުޅުންގެ ޒާތީ މައުލޫމާތުތައް ހިމެނޭތީ އެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެެވެ.

އަދި މީގެކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޕީޖީގެ ވާހަކަތައް ސިއްރު ކުރަން ޖެހޭކަމަށް ޝަމީމް ވިދާޅުވެފައިވާ ކަމަށް ނަސީމް ފާހަގަ ކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާ ތަކުގައި ތިއްބަވާ އެފަދަ ބޭފުޅުންގެ އެދިވަޑައިގަނަވާ ކަންތައް ތަކަށް އިހްތިރާމް ކުރައްވަން ޖެހޭނެ ކަމަށްވެސް ވިދާޅުިވިއެވެ.

މެންބަރު ނަސީމުގެ ހުށަހެޅުއްްވުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ. ޝަމީމު މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝަމީމު މަގާމުން ވަކިކުރުމަށް މެންބަރު ޝާހިދު ފޮނުއްވި ސީޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލު ކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި، މެންބަރު ޝާހިދު ވަނީ، ޕީޖީކަމުގެ މަގާމު ބޭނުން ކޮށްގެން، ޝަމީމް ކުރައްވާފައިވާ ބައެއް ކަންކަންވެސް ފާހަގަ ކުރައްވައިފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކެއް ރޭޕުކުރި ކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލު ކުރެއްވި ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް،" ޝާހިދުގެ ސިޓީގައިވެއެވެ.

ޝާހިދު ވިދާޅުވީ، ކޯޓު އަމުރު ފޮނުވައިގެންވެސް، ހެކިބަސް ހޯދޭ ކަމަށާއި، އެކަމަށް އިޖުރާއަތްތައް، ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *