ތިލަފުށީގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ތިލަފުށީގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ތިލަފުށީގައި ހުރި ގުދަނެއްގައި ރޯވެ އެތަނުގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ގަޑިއެއްހާއިރު ކުރިން ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައި ވިޔަސް އަދިވެސް އެއްކޮށް ނިއްވާލެވޭވަރެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ޙާދިސާގައި ކޮންމެވެސް ވަރަކަށް މީހުންނަށްވެސް އަނިޔާ ވެފައިވެއެވެ. ނަމަވެސް އަދި އެކަމުގެ ތަފްސީލެއް ނުލިބެއެވެ.

އެމްއެންޑީއެފުން މިއަދު މީޑިޔާ ތަކަށް ބުނީ މިއަދު ހެނދުނު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ތިލަފުށީގައި ހުންނަ މެރިން ސެންޓަރުގައި ކަމަށާއި އަލިފާން ނިއްވާލުމުގެ މަސައްކަތް ތިލަފުށީ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިފައިވުމުން އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ތިލަފުށީގައި ހުންނަ މެރިނޭޑޯ ޕްރައިވެޓް ލިިމިޓެޑުގައެވެ. އެތަނަކީ ކަނޑުމަތީގެ އުޅަނދުތައް މަރާމާތުކުރާ ގުދަނެކެވެ. އެ ގުދަނުގައި އެކި ކަހަލަ ކެމިކަލާއި ކައްކާ ގޭހުގެ އިތުރުން ކުދި ބަގީ އަދި އިންޖީނު ތަކެއްވެސް ހުއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *