ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު މޫނު ފޮރުވައި، ހެލްމެޓް އަޅައިގެން ތިބި ބަޔަކު މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގަންވަނިކޮށް އެނާ ދިރިއުޅުއްވާ ގޭގެ ދޮރުމަތިންނެވެ. ޝަމީމަށް ފާރަލަމުން ސައިކަލެއްގައި ދިޔަ ދެ މީހަކު މަރުތޭލަކުން އޭނާގެ އަތުގައި ޖެހުމުން، ލިބުނު އަނިޔާގައި އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 7 މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މުޅިންވެސް ދިވެހިންނެވެ.

އެ މައްސަލާގައި ހައްޔަރުކުރި 7 މީހުންގެ ތެރެއިން 3 މީހެއްގެ ވަނަވަރު ފުލުހުން މީގެކުރިން ވަނީ އާންމު ކޮށްފައެވެ. އެއީ ރ. އަލިފުށީ މީހެއް ކަމަށްވާ މިދުހަތު އާދަމާއި ލ. ގަމު ތުނޑި އަވަށު މީހެއް ކަމަށްވާ މުހައްމަދު ޖަޒްލާނާއި އދ. މާމިގިއްޔަށް ނިސްބަތްވާ ޒަޔާން ނަސީރެވެ. ޒަޔާންގެ މައްޗަށް ތުހުމަތު ކުރަނީ ޕީޖީއަށް ފާރަލި ކަމުގެ ތުހުމަތެވެ.

މި މައްސަލާގައި 7 މީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *