??????

ކަމަރުތައް ބާރުކޮ، ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަަސް ކައިރި ވެއްޖެ: ގާސިމް

ކަމަރުތައް ބާރުކޮ، ބަނޑު ހިންދާލައިގެން ތިބެންޖެހޭ ދުވަަސް ކައިރި ވެއްޖެ: ގާސިމް

ބޭރަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި، އެކަމުން ސަލާމަތްވުމަށް ކަމަރުތައް ބާރުކޮށް، ބަނޑު ހިންދާލައިގެން ތިބެންހޭ ދުވަސް ކައިރިވެފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާބަން ޑިވެލޮޕްމަންޓް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައި ވަނީ ދަރަނި ބަޖެޓް ތަކެއް ކަމަށެވެ. އެއީ އިޚްލާސްތެރި މަސައްކަތް ތަކެއް ކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ނަމަވެސް، އެކަން ހުއްޓާލާނީ ކޮން ހިސާބަކުންކަން މެންބަރުން ވިސްނާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ތިންބާރު ވަކިކޮށް، ތެދުވެރި އަމާނާތްތެރި ނިޔަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކެއް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ގައުމުގެ މި ހާލަތަށް މިއަދާ ހަމައަށް އަންނަން ޖެހެނީ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތެއް ނެތިގެން ކަމަށް ގަބޫލު ކުރުމަކީ ހަމައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެވެސް މަސްއޫލިއްޔަތު ތަކެއް، އަޅުގަނޑުމެން އަދާކުރަން ޖެހޭ ގޮތަށް އަދާ ނުކުރެވިގެން ގޮސްފަ އެބައޮތް، އެހެންވީމާ މިކަމުގައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން އެކަންޏެއް ނޫން ގޯސް ހަދައިފަ އޮތީ،" ގާސިމް ވިދާޅުވިއެވެ. އެހެން ކަމުން އަބަދު ޕާޓީ ލައިއުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެކުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ގައުމު މިއަދު އޮތް ހާލަތުން ސަލާމަތް ކުރަން އެންމެ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާލަތުގައި، މުޒާހަރާކޮށް، ގައުމު ފަސާދަ ކުރުމަށް އިތުރަށް ކުރާ ކަންތައް ތަކުން ކުރިމަތި ވާނީ އިތުރު ގޯސްތައް ކަަމަށެވެ. އެހެން ކަމުން ފިކުރުވެރިކަމާއި އިހްލާސްތެރިކަމާއެކު އެކީގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެން އެންމެން މިކަމުން ސަލާމަތްވުން އާދޭހަކީ މެންބަރުންނަށް ދަންނަވާ ކމަށެވެސް ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *