ފްލެޓް ލިސްޓުން އެކަކުވެސް އުނި ނުކުރަން ހުށަހެޅި ޕެޓިޝަން ކުރިޔަށް ނުގެންދަން ނިންމައިފި

ފްލެޓް ލިސްޓުން އެކަކުވެސް އުނި ނުކުރަން ހުށަހެޅި ޕެޓިޝަން ކުރިޔަށް ނުގެންދަން ނިންމައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރުއުން ފްލެޓް ލިބޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ރަސްމީ ވެބްސައިޓްގައި ގެޒެޓް ކުރި ހުރިހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަހަތު އޮތް އެންމެހާ ފަރާތްތަކުގެ ފްލެޓްތައް ބާތިލް ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

އަމިއްލަ ފަރާތް ތަކުން ސޮއިކޮށް ހުށަހަޅާފައިވާ މި ޕެޓިޝަނަކީ ނިމިދިޔަ 19 ވަނަ ރއްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނެކެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތުގައި ހިމަނައިގެން މީގެ މަސައްކަތް ކުރިއަށް ގެންދަން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމައި ކަމާބެހޭ ފަރާތްތަށް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައިގައި ސުވާލު ކޮށްފައެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައިވެސް ވަނީ އޭރުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އެންޓި ކޮރަޕްޝަންގެ މެންބަރުންވެސް އެ މައްސަލައިގައި ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮސްފައެވެ.

އެ މައްސަލައިގައި މިހާރު އޮތް ޕެޓިޝަން ކޮމިޓީއަށް އެންމެ ފަހުން ހާޒިރު ކުރީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެއީ  މިދިޔަ ޖުލަިއ މަހުގެ 29 ގައެވެ. ނަމަވެސް ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ.

ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ހުށަހަޅުއްވަމުން، މެންބަރު އައިފާން ވިދާޅުވީ، އެ ޕެޓިޝަނަކީ 19 ވަނަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.  އެ މައްސަލައާއި ގުޅިގެން ކޮމިޓީއަށް އެންމެ ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުވެ ވަޑައިގެން ކުރެއްވި ސުވާލު ތަކުން، އެ ކަމުގައި ދިމާވެފައިވާ މައްސަލަ ވަރަށްބޮޑަށް ސާފުވެފައިވާ ކަމަށެވެ.

އެ މައްސަލައަކީ ފްލެޓް ލިސްޓް އިއުލާން ކުރިއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްބުނެ، ފްލެޓް ދިނުން މަޑުޖައްސާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިން ލަފައާއި ހިލާފަށް ކުރީގެ ސަރުކާރުން އެކަން ކުރިއަށް ގެންދިއުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ފްލެޓްތަކާއި ގުޅިގެން ހައުސިން މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ މަސައްކަތް ތަކަކަކީ، ހުރިހާ އެޕްލިކޭޝަނެއް އަލުން އިވެލްވޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އެއީ އަސްލު ހައްގުވެރިންނަށް ފްލެޓް ހޯދައި ދިނުމަށް ކުރަމުން ގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އައިފާން ވިދާޅުވީ، މި ޕެޓިޝަނާއި ގުޅިގެން ބަލާނެ އިތުރު ކަމެއް ނެތް ކަމަށާއި އެހެން ކަމުން މިހިސާބުން ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މެންބަރު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ.

އެހެން ކަމުން އެކަމަށް ނެގި ވޯޓުގައި ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ފާސްކުރީ، އެވަގުތު އެ ކޮމިޓީގައި ތިއްބެވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުން ވޯޓު ދެއްވައިގެންނެެވެ. ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދަން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *