ބުޅާ މަހުގެ ފެކްޓްރީ ހިންގާ މީހާ

ބުޅާ ކަތިލައި ބުޅަލުގެ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހާ ހައްޔަރު ކޮށްފި

ބުޅާ ކަތިލައި ބުޅަލުގެ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހާ ހައްޔަރު ކޮށްފި

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރު ކޮށްފިއެވެ.

މީޑިޔާ ތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ އިއްޔެ ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައި،" މީޑިޔާ ތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

ބުޅާ ހިފާ މީހެއްގެ މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލް މީޑިޔާގައި އަމިއްލަ މީހަކު ކުރި ޕޯސްޓެއްގެ ސަބަބުންނެވެ. އެ ވީޑިޔޯ މިހާރު ވައިރަލް ވެފައިވާއިރު، ވީޑީޔޯއިން ފެންނަ މީހާ ހޯދަން އިމިގްރޭޝަނުންވެސް އިއުލާނު ކުރިއެވެ.

ބަންގުލަދޭޝްއަށް ނިސްބަތްވާ 32 އަހަރުގެ އަރަފާތު ހޮސެއިން ނަމަކަށް ކިޔާ އެމީހާ އަކީ ގަވާއިދާ ޚިލާފަށް ވަޅޯ މަސް މާރުކޭޓުގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް އެ މައްސަލަ ފެންމަތި ކުރި ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ބުނެފައިވެއެވެ.

އެ ޖަމިއްޔާއިން ތުހުމަތު ކުރަނީ އޭނާއަކީ ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ވިއްކާ މީހެއް ކަމަށެވެ. ބަދިގެއެއް ހަދައިގެން އޭނާ ވިޔަފާރި ކުރަމުން ދިޔައީ ގ. ރަނައުރާގެއާގޭގައެވެ.

އެ މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. އެ މިނިސްޓަރީން ބުނީ އެ މައްސަލަ ކުރިއަށް ދާގޮތް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *