މޯލްޑިވިއަނުން ފައިސާ ހޯދުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅު ތަކެއް އެޅުމަށް އަންގަން ނިންމައިފި

މޯލްޑިވިއަނުން ފައިސާ ހޯދުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅު ތަކެއް އެޅުމަށް އަންގަން ނިންމައިފި

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މެގަ ގްލޯބަލްއެއާ ސާވިސް (މޯލް ޑިވިއަން) ޕްރައިވެޓް ލިމިޓެޑުން ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސް ކޮށްފިއެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ، 2014 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށްހުރި އޮޑިޓް ރިޕޯޓްތައް ދިރާސާ ކުރުމަށްފަހު އެކުލަވާލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ހިމަނާފައިވާ އެ ކޮމިޓީގެ ރެކޮމަންޑޭޝަންތަކުގެ ތެރޭގައި ހިމެނައިގެންނެވެ.

އެ ރިޕޯޓްގައި ކޮމިޓީން ބުނެފައި ވަނީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް މެގަ ގްލޯބަލްއެއާ ސާވިސް (މޯލް ޑިވިއަން) ޕްރައިވެޓް ލިމިޓެޑުން ލިބެންޖެހޭ ފައިސާގެ ތެރެއިން 533132 ރުފިޔާ ލިބިފައިނުވާ ކަމަށެވެ. އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައްކޮށް، ފައިސާ ހޯދުމަށާއި، އެކަމަށްކުރާ މަސައްކަތުން ފައިސާ ހޯދިފައިވާނަމަ ހޯދިފައިވާ މިންވަރު، ފައިސާ ހޯދިފައި ނުވާނަމަ އޭގެ ތަފްސީލުތައް ކޮމިޓީއަށް ރިޕޯޓް ކުރުމަށް، އޮތޯރިޓީއަށް ދެންނެވުމަށްވެސް ކޮމިޓީން ފާސް ކޮށްގެން ރިޕޯޓްގައި ހިމަނާފައިވެއެވެެ.

ރާއާޖޭގެ އޭވިއޭޝަން ސޭފްޓީ މިންގަނޑު މަތިކުރުމަށާއ،ި ރަނގަޅު މިންގަޑެއް ގައި އެކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސ،ާ މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ގާނޫނުން ކަނޑައަޅާފައިވާ، ސިވިލްއޭވިއޭޝަން ފަންޑަށްލިބޭނެ ގޮތްހަމަޖައްސައި ދިނުމަށްޓަކައ،ި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް ކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސް ކޮށްފައެވެ.

އަދި ކުރިމަގުގައި އެ އޮތޯރިޓީ އޮޑިޓް ކުރާއިރު އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން ފާހަގަ ކޮށްފައިވާ ކަންތައްތަކާމެދު އިސްލާހީ ފިޔަވަޅު އަޅާފައިވާ މިންވަރާއި، އިސްލާހު ކުރަން ދީފައިވާ ލަފަޔަށް އަމަލު ކޮށްފައިވާ މިންވަރު ބެލުމަށް އޮޑިޓާ ޖެނެރަލް އެންގުމަށްވެސް ކޮމިޓީން ކަނޑައަޅާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *