??????

ކުރީގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނަން: މިނިސްޓަރު

ކުރީގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނަން: މިނިސްޓަރު

ކުރީގެ ސަރުކާރުން ދީފައިވާ ފްލެޓްތައް އަންނަ އޮކްޓޯބަރު މަހު ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ލަސްވި ސަބަބު މަޖިލީހާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން ސަރުކާރަ ހަވާލުވިއިރު، ހުޅުމާލެ ފޭސް ދޭކުން 4000 ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އޭސިސީން އޮތީ ހުއްޓުވާފައި ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ސަރުކާރުގައި އެކަން އަލުން މުރާޖައާ ކުރަން ދެފަހަރެއްގެ މަތިން އޭސީސީން ވަނީ ސީޓި ފޮނުވައިފަ، ނަމަވެސް އެ މަސައްކަތް ހުއްޓައިލުމަށް އޭސީސީން ސިޓީ ފޮނުވީ 16 ނޮވެމްބަރުގައި، ނަމަވެސް އަޅުގަނޑުމެން ވެރިކަމަށް އައިސް އެއްވެސް މަސައްކަތެއް ނުކުރެވި ތިބީ، އެއީ އޭސީސީ އަށް 7000 އަށްވުރެގިނަ ބައެއްގެ ޝަކުވާތަކާ ގުޅިގެން،" ވަޒީރު ވިދާޅުވިއެވެ.

އެހެން ކަމުން އޭސީސީން އެމައްސަލަ ތަހުގީގުކޮށް އެ މަސައްކަތް މިނިސްޓްރީއާ ހަވާލު ކުރަންދެން މަސައްކަތްނުކޮށް ތިބެން ޖެހުނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭސީސީން އެ މައްސަލަ ބެލުމަށްފަހު، 14 ފެބްރުއަރީގައި އެ މަސައްކަތް މިނިސްޓްރީއާ ހަވާކުކުރިއިރު ބައެއްކަންކަން މިނިސްޓްރީއަށް ލާޒިމްކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެތެރޭގައި ހިމެނެނީ އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބިފައިވާ ފޯމުތަކަށް ބަދަލު ނާންގޮތަށް ކަށަވަރުކޮށް، ދެން މައްސަލަހުރި ފޯމުތައް އަލުން މުރާޖައާ ކުރުމާއި އެކަން ކުރުމުގައި އެއްމިންގަނޑަކަށް އަމަކު ކުރުމަށާއި އެކަން ކަށަވަރުކުރުން، ފޯމުތައް އަލުން މުރާޖައާ ކުރުމުގެކުރިން އުސޫލުގައި ވަކިގޮތެއް ކަނޑައެޅިގެން ލިޔެފައިނުވާ ކަންކަމާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅައި އެކަން އާއްމު ކުރުމަށާއި އެކަމުގައި އެންމެންގެ މެދުގައި ހަމަހަމަކަން ކަށަވަރު ކުރުމަށާއި އެކަންކަން ތަންފީޒު ކުރުމުގައެންމެންގެ މެދުގައި އެއްމިންގަނޑަކުން އަމަކުކުރުން، އެގޮތުން 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިއުންތަކާމެދު  އަމަލުކުރާނެގޮތެއް ކަނޑައަޅައި އެކަން އާއްމުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސްކީމުގެ ދަށުން ފޭސް އެކެއްގެ އިތުރުން ފޭސް ތިނަކުން ގޯތިވެސް ދޫކޮށްފައިވާ ކަމަށެވެ. ހުޅުމާލެ ފޭސް ދޭކުން ދޭންޖެހެނީ 1407 ގޯތިކަމަށާއި، އޭގެ ތެރެއިން 623 ގޯތި މިހާރުވެސް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފޭސް ދޭކުން ބައެއް ގޯތި ދީފައި ހުރީ، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓް ތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންޓް ފޮށިތައް ގޯތި ތެރެއަށް ވާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެ ގޯތިތަކަކީ، މީހުނަށް ދިރިއުޅެން ކަމުދާ ތަންތަނަށް ހެދުމަށްޓަކައި، އެ ސަރަހައްދު ތަކުގައި ހުރި ފަސްފުނިތައް ނަގައި ކަރަންޓް ފޮށިތައް ދުރުކޮށް ބިންސާފުކޮށް ރައްޔިުންނާ ގޯތި ހަވާލު ކުރެވޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ދެން ފޭސް އެކަކުން ދޫކުރަން ހުރި ހުރިހާ ގޯތިތައް އަންނަ މަހުގެ ނިޔަލަށް ދީ ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *