ބޭންކު ތަކާއި މާލީ އިދާރާ ތަކަށްވެސް ސިޔާސީ މީހުން އައްޔަން ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކޮށްފި

ބޭންކު ތަކާއި މާލީ އިދާރާ ތަކަށްވެސް ސިޔާސީ މީހުން އައްޔަން ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކޮށްފި

ބޭންކު ތަކާއި މާލީ އިދާރާ ތަކުގެ ބޯޑު ތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މީހުން ވެސް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަވާއިދު އިސްލާހު ކޮށްފިއެވެ.

ބޭންކު ތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނި ތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކެބިނެޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާ ތަކުގެ ވެރިން އަދި ސިޔާސީ ޕާޓީ ތަކުގެ އިސް މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން ފިޔަވައި، ސިޔާސީ މަގާމު ތަކުގައި ތިއްބަވާ އެހެން ބޭފުޅުން ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ހިދުމަތް ދޭ ކުންފުނި ތަކުގެ ބޯޑަށް އައްޔަން ކުރެވޭނެއެވެ.

އެ ގަވައިދަށް އިސްލާހު ގެނެސް އެމްއެމްއޭ އިން މިއަދު ވަނީ ގެޒެޓުވެސް ކޮށްފައެވެ. ގެޒެޓު ކުރާ ތާރީޚުން ފެށިގެން އެ އިސްލާހަށް އަމަލު ކުރުމަށް ވަނީ ނިންމައިފައެވެ.

މީގެކުރިން ބޭން ކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނި ތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވައިދުގައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ އެއްވެސް މީހަކު އެއިން ކުންފުންޏެއްގެ ބޯޑަށް އައްޔަނެއް ނުކުރެވޭނެއެވެ.

ބޭންކު ތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހު ކޮށްފައި މި ވަނީ އެ އިދާރާގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި އެ އެ މަގާމަށް ފަސް މީހަކު ހޯދަން އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ. އަދި މުސާރަކީ 50،000-55،000 އާ ދެމެދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *