280 މިލިޔަން ރުފިޔާގެ މައްސަލަަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިއަށް އެބަދޭ: މުނައްވަރު

280 މިލިޔަން ރުފިޔާގެ މައްސަލަަ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިއަށް އެބަދޭ: މުނައްވަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި، 280 މިލިޔަން ރުފިޔާގެ މައްސަލަަ އެބައޮތް ކަމަށް އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެ ޓްރައިބިއުނަލްގެ މަސައްކަތްތަކާބެހޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއާ ހިއްްސާ ކުރައްވަމުން މުނައްވަރު ވިދާޅުވީ، އެބޭފުޅުން ޓްރައިމިއުނަލާ ހަވާލުވީ ބެކްލިގް ހިމެނޭ ގޮތުން ބައި ބިލިޔަން (500 މިލިޔަން) ރުފިޔާ ހިމެނޭ މަަސައްކަތްތަކާއެކުގައި ކަމަށެވެ.

ނަމަވެސް 280 މިލިޔަން ރުފިޔާ ހިމެނޭ މައްސަލަ ތަކަކީ، އިސްތިއުނާފަށް އެޕީލް ކޮށްގެން ކުރިއަށްދާ މައްސަލަތައް ކަމަށްވެސް ވިދާޅުވިއެވެ.  އެ މައްސަލަތައް ނިމޭއިރު، އެއިން ކޮންމެ މައްސަލައަކަށް އަންނަ ބަދަލެއް ފައިސާއަށް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓްރައިބިއުނަލްގައި މިހާރުވެސް 44 މައްސަލަ ނުނިމި އެބައޮތް ކަމަށާއި، ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަަތައް 180 ދުވަސް ތެރޭގައި ނިންމަން ޖެހޭކަމަށް ޤާނޫނު ބުނާއިރު އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ 31 މައްސަލަ ޓްރައިބިއުނަލްގައި އެބައޮތް ކަމަށް ވިދާޅުވެ މެންބަރުން ކުރެއްވި ސުވާލާއި ގުޅިގެން މުނައްވަރު ވިދާޅުވީ، ޓްރައިބިއުނަލްގައި މިވަގުތު އޮތީ 42 މައްސަލަ ކަމަށެވެ. އަދި ޤާނޫނުގައި ބުނާ 180 ދުވަސް ފަހަނައަޅައި  ގޮސްފައިވާ މައްސަލަތައް ހިމެނޭ ކަމަށްވެސް ވިދާލުވިއެވެ.

ނަމަވެސް އެފަދަ މައްސަލަތައް އަވަސް ކުރުމަށްޓަކައި، ކުރިން ނިންމާފައިހުރި މައްސަލަ ތަކުގައި ހުރި އެއްގޮތް ކަންތައްތައް ނަގައިގެން ހާއްސަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މައްސަލަތައް ލަސް ވުމުގައި، މައްސަލައިގެ އަޑު އެހުންތައް ބޭއްވުމަށް ގާއިމް ކޮށްފައި ހުރި ކޮޓަރީގައި އެކަމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ނުވުމާއި، ބޭނުންވާ ވަރަށް ސަޕޯޓް ސްޓާފުން ނެތުން މުނައްވަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *