ޖައިޝަންކަރު، ޝާހިދާ ބައްދަލު ކުރައްވައިފި

ޖައިޝަންކަރު، ޝާހިދާ ބައްދަލު ކުރައްވައިފި

ރަސްމީ ދަތުރުފުޅެއްގައި މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ޕާޓީގެ ނައިބު ރައީސް އަދި ޕާޓީގެ އެހެން ބަޔެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި މިދަތުރުފުޅުގައި ސަރުކާރުގެ ވެރިންގެ އިތުރުން، އިދިކޮޅު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބައްދަލު ކުރެއްވި ހަމައެކަނި ފަރާތެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒާއި، ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުންވެސް ބަޔެއް ވަޒިރުންނާ ބައްދަލު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *