ދަށުކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ގާޒީ ފަރުހާދު

ދަށުކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ގާޒީ ފަރުހާދު

ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ސިވިލް ކޯޓުގެ ގާޒީ ގދ. ފިޔޯރީ ލަންސިމޫގޭ ފަރުހާދު ރަޝީދު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް އިންތިހާބު ކޮށްފިއެވެ.

ދަށު ކޯޓުގެ ފަންޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް މެންބަރަކު ހޮވަން ބޭއްވި އިންތިހާބުގައި ފަސް ފަނޑިޔާރުން ވާދަ ކުރެއްވިއެވެ. ފަރުހާދު މި އިންތިހާބު ކާމިޔާބު ކުރެއްވީ، 91 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާންއަށް ލިބިވަޑައިގަތީ 71 ވޯޓެވެ.

އިންތިހާބުގައި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުއަށް 1 ވޯޓު ލިބުނުއިރު، ސިވިލް ކޯޓުގެ ގާޒީ އައިޝަތު އަޒުފާ އަބްދުއްޣަފޫރު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުއަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައެއް ނުވެއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބުނުއިރު ވޯޓުލާފައި ވަނީ 163 ފަނޑިޔާރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *