މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 1.1 މިލިޔަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ މާލޭ ސިޓީ ކައުންސިލުން ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ މުދަލުގެ އިމްޕޯޓް ޑިއުޓީއަށް ދައްކަންޖެހޭ ކަމަށް ބުނާ 1.1 މިލިޔަން ރުފިޔާ ދެއްކުމަށް މާލޭސިޓީ ކައުންސިލަށް އެތައް ފަހަރެއްގެ މަތިން އެންގި ނަމަވެސް އެފައިސާ ދައްކާފައި ނުވާކަމަށް ބުނެ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ކޮށްފައިވާ ދައުވާ އެކެވެ.
މި މައްސަަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، މައްސަަލައާ ގުޅިގެން ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިއުންތަކުުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން "ލޭންޑިން ކްރާފް އުފުލި5″ ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ ކަމާއި، މި މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ދައްކަންޖެހޭ 1.1 މިލިޔަން ރުފިޔާ ނުދައްކައި އޮތްކަން، ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ބުނެފައެވެ.
އެހެން ކަމުން ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ލިބިދިނުމުގެ ގޮތުން 1 މަސްދުވަހުގެ ތެރޭގައި، އެފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.