??????

ފެހި ޤާނޫނު އަސާސީއަށް 16 އަހަރު ފުރުން: ހައްގުތައް ކަށަވަރު ކޮށްދީ ޖަވާބުދާރީ ކުރުވާނަން: މަޖިލިސް ރައީސް

ފެހި ޤާނޫނު އަސާސީއަށް 16 އަހަރު ފުރުން: ހައްގުތައް ކަށަވަރު ކޮށްދީ ޖަވާބުދާރީ ކުރުވާނަން: މަޖިލިސް ރައީސް

ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ކަށަވަރު ކޮށްދީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިޔައްތުތައް މިހާރު އޮތް 20 ރައްޔިތުންގެ މަޖިލީހުން އަދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް، ތަސްދީގު ކުގަރެއްވިތާ 16 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަކަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ ތަސްދީގު ކުރެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

މަޖިލިސް މެންބަރުންނަށް މުހާތަބު ކުރައްވައި މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރެއްވި ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް މުއައްސަސާތައް ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ.

"ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި، އަދި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކޮށް، މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި މަޖިލީހުގެ މަސްއޫލިއްޔަތު މި މަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފެށީ 2004 ވަނަ އަހަރުއެވެ. މި ޤާނޫނު އަސާސީއަށް އަަމަލު ކުރަމުން ދާތާ 16 އަހަރު ފުރިފައިވާއިރު، ރައްޔިތުންނަށް ފުރިހަމަވެފައިވާ އެންމެ މުހިއްމު ކަމަކީ ބާރުތައް ވަކިވެފައި އޮތް ދައުލަތެއް އުފެދުމެވެ. ނަމަވެސް ޤާނޫނު އަސާސީން އެންމެ ބޮޑު ބާރެއް ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *