ސިފްކޯއަށް 834 މިލިޔަން، ޕޮލްކޯއަށް 700 މިލިޔަން ރުފިޔާގެ ލޯނު ދިން މައްސަލަ ބަލަނީ

ސިފްކޯއަށް 834 މިލިޔަން، ޕޮލްކޯއަށް 700 މިލިޔަން ރުފިޔާގެ ލޯނު ދިން މައްސަލަ ބަލަނީ

ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް 834 މިލިއަން ރުފިޔާ ދައުލަތުން ދިން ގޮތާއި، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ 700 މިލިޔަން ރުފިޔާގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު އޮތް އެކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަަތައް ބަލަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

ދައުލަތުގެ މާލިއްޔަތާބެހޭ ގޮތުން ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިީ (އެމްއެމްއޭ) އިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީ ހިމެނޭ ކަންތައްތައް ދިރާސާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، މާލީ ވުޒާރާއިން ފޮނުވާފައިވާ ސިޓީގައި ހިމެނޭ މައުލޫމާތުގައި ވަކިވަކި ފަރާތްކަށް ދީފައިވާ ލޯނަކީ ކޮން ބަޔަކަށް، ކީއްކުރަން، ކޮން ގޮތަަކަށް ދީފައިވާ، ކޮން އެއްޗެއްތޯ ސާފ ުކުރަން ބޭނުންވާ ކަމަށެވެ.

އެ ލޯނު ތަކުގެ ތެރޭގައި ސިފްކޯއަށް 834 މިލިޔަން ރުފިޔާ ދީފައިވާކަން އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕޮލްކޯއަށް އެކި ފަހަރު މަތިން ލޯނު ދީފައިވާކަން އެނގެން އޮތްއިރު، އެކަމުގެ ތަފްސީލު ނެން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެ ފަރާތަށް މީގެކުރިން ދީފައިވާ 700 މިޔަން އިތުރު ވެފައިވޭތޯ އެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމް ވިދާޅުވީ ޕޮލްކޯއަށް ލޯނު ދީފައި ވަނީ ޕޮލިސް ފްލެޓްތައް ނިންމަން ކަމަށާއި، ނަމަވެސް އާއްމު ބިލްޑިންގ ތަކާއެއްގޮތަށް އެ ފްލެޓްތައް ނިމިފައި ނުވާކަންވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި މިދިޔަ ސަރުކާރުން އެ ފްލެޓްތައް ނިންމީ އެލޯން ބިޑަށް ލައިގެންކަންވެސް ނާޒިމު ފާހަގަ ކުރެއްވިއެވެ.

އެކަންތައްތައް ކޮމިޓީން ބަލަން ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ސަލީމެވެ. ވޯޓުދީގެން އެހުށަހެޅުން ވަނީ ކޮމިޓީން ފާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *