ސަރުކާރުގެ ޓެކްސީ ކުރަން އުޅޭތީ ޑްރައިވަރުންގެ ޖަމްއިއްޔާ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް

ސަރުކާރުގެ ޓެކްސީ ކުރަން އުޅޭތީ ޑްރައިވަރުންގެ ޖަމްއިއްޔާ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް

ޓެކްސީ ފްލީޓެއް ތައާރަފް ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ޑްރައިވާސް އެސޯސިއޭޝަނުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ޓެކްސީ ފްލީޓެއް ތައާރަފް ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކޮށް ބައްދަލުވުމެއް ބައްވައި ދިނުމަށް، ޑްރައިވާސް އެސޯސިއޭޝަނުން އެ ކޮމިޓީގައި އެދިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކަންބޮޑުވުން ތަކާމެދު މަޝްވަރާ ކުރުމަށްް އެފަރާތުން އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން، އިތުރު މައުލޫމާތު ހޯދުމަށް، ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެސޯސިއޭޝަންގެ ބޭފުޅުން އެކީ ކޮމިޓީ ބައްދަލު ވުމަކަށް ހާޒިރު ކުރުމަށް އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވިއެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ހުށަހެޅުއްވީ ކުރީގެ ތަޖުރިބާއަށް ބަލާފައެވެ. އެއީ ކުރީ ފަހަރެއްގައި އެގޮތަށް އެކި ފަހަރު އެކި ފަރާތް ހާޒިރު ކުރުމުން އެއްފަރާތުން ދެއްކި ވާހަތަށް ވަަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ހުރިހާ ކަމެއް ސާފުވެ، ކޮމިޓީގެ ވަގުތުވެސް ބޭކާރު ނުވެ ދެފަރާތް އެއް ބައްދަލުވުމަކަށް ހާޒިރުކޮށް އެއް ދުވަހުން އެ މައްސަލަ ނިންމާލުމަށް މައުރޫފް ޒާކިރު ހުށަހެޅުއްވިއެވެ.

ނަމަވެސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެގޮތަށް އެކަންތައް ކުރިއަށް ގެންގޮސްފިނަމަ މަސްލަހަތު ގޯސްވެދާނެ ކަމަށެވެ. އެހެން ކަމުން މަސްލަހަތަށްޓަކައި ދެފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރު ކުރަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވީ، ފުރަތަމަ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު، ދެން ޑްރައިވާސް އެސޯސިއޭޝަންގެ ބޭފުޅުން ހާޒިރު ކުރުމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާވެސް ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލައާބެހޭ ގޮތުން ލިޔުމުން މިނިސްޓްރީގެ ޖަވާބެއް ހޯދަން ފެންނަ ކަމަށެވެ. އެއަށްފަހު އެސޯސިއޭޝަން މެންބަރުންގެ އެހެން ކަންބޮޑުވުން ތަކެއްވެސް ހުރެދާނެ ކަމަށް ފެންނާތީ އޭގެފަހުން އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކުރަން އޭނާ ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. ކޮމިޓީން ފާސްކުރީ ކޯރަފުށި ދާއިރާގެ މެންބަރުގެ ހުށަހެޅުއްވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *