މިނިސްޓަރ ޝަހީމް ތައުބާ ވުމަށް ޑރ. އިޔާޒް ގޮވާލައްވައިފި

މިނިސްޓަރ ޝަހީމް ތައުބާ ވުމަށް ޑރ. އިޔާޒް ގޮވާލައްވައިފި

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތައުބާވެ ވަޑައިގަތުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

ޑރ. އިޔާޒް މިކަމަށް ގޮވާލައްވާފައި ވަނީ އޭނާ ގެސްދެމުން ގެންދަވާ ތަފްސީރު ކުލާހާބެހޭ ގޮތުުން މިނިސްޓަރު ޝަހީމު ހަގީގަތާ ޚިލާފު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. އިޔާޒް ވިދާޅުވެފައި ވަނީ ތަފްސީރު ކުލާހާބެހޭ ގޮތުން ހަގީގަތް އޮޅޭގޮތަށް މިނިސްޓަރު ޝަހީމް ދޮގު ޚަބަރު ފަތުރަމުން ގެންދަވާ ކަމަށެވެ.

"އަޅުގަޑު 2018 އިން ފެށިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ މަޣްރިބް ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ނަގަމުން އައި ޤުރްއާން ތަފްސީރު ކުލާސް މަސް ދުވަހަށް މެދުކަނޑާލީ އަޅުގަޑުގެ ދަރިފުޅަކު ބަލިވެގެން ރާއްޖެއިން ބޭރަށް ދާން ޖެހިގެންނެވެ. ފުރުމުގެ ކުރިން މިނިސްޓްރީގެ ކަމާއިބެހޭ މުވައްޒަފަށް އެކަން އެންގީމެވެ. އަދި އެނބުރި މާލެ އައިސް އެމުވައްޒަފަށް އެކަން އެންގީމެވެ.،" ޑރ. އިޔާޒު ވިދާޅުވިއެވެ.

އޭގެ ފަހުން އިއްޔެ 14:16 ގައި އެމުވައްޒަފު އިޔާޒަށް ގުޅުއްވި ނަމަވެސް، އެވަގުތު  ފޯނު ނެގެން ނެތިގެން ފަހުން ގުޅާނެ ވާހަކަ މެސެޖް ކުރެއްވި ކަމަށްވެސް އިޔާޒް ވިދާޅުވެފައިވެއެވެ.

"އޭގެ އިރުކޮޅެއް ފަހުން އަޅުގަޑު އެމުވައްޒަފަށް ގުޅީމާ ވިދާޅުވީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން މިސްކިތެއްގައި ކުލާސްތަައް ކުރިޔަށް ގެންދިޔުމަށް އަޅުގަޑު ގާތުގައި ބުނުމަށް ތިމަންނާއަށް އެންގި ކަމަށެވެ. އެ އަމުރު ނެރުނީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ވިދާޅުވީ ތިމަންނާއަށް އެންގީ ޑެޕިޔުޓީ މިނިސްޓަރ މުޠީޢު ކަމަށެވެ. އެހިސާބުން ފޯނު ބާއްވާފައި އަޅުގަޑު އިސްލާމިކް މިނިސްޓްރީއަށް މިކަން މިގޮތަށް ހިނގައިފި ކަމާއި، އެއީ މިނިސްޓަރ ނުވަތަ މިނިސްޓްރީގެ ނިންމުމެއްތޯ ސާފު ކޮށްދެއްވުމަށް އެދުނީމެވެ.،" ޑރ އިޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެސިޓީއަށް އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށްވެސް އިޔާޒު ވިދާޅުވެފައިވެއެވެ. ނަމަވެސް، ކުލާސް ހުއްޓާލީ އިޔާޒު އަމިއްލައަށް ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ޝަހީމް ދޮގު ފަތުރުއްވާތީވެ، ހަގީގަތް ހާމަ ކުރުމުގެ ގޮތުން މި ވާހަކަތައް ލިޔަން މަޖުބޫރުވީ ކަމަށްވެސް އިޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

"އިސްލާމްދީނަށް ޙުރުމަތްކޮށް ހިއްތެވުމަށް މާތް ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނަވާ މިފަދަ ދަށު ދަރަޖައިގެ ޢަމަލެއް މިނިސްޓަރު ހިންގަވާތީ އެކަމާ ނުހަނު ހިތާމަ ކުރަމެވެ. އަދި ތައުބާވުމަށް ގޮވާލަމެވެ،" އިޔާޒު ވިދާޅުވެފއިވެއެވެ.

މީގެކުރިންވެސް ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ދަރުސް މެދުކަނޑާލާފައި، އެނބުރި އައިސް އަލުން ފަށައިގެން ކުރިޔަށް ގެންދަވާ ކަމަށާއި، ނަމަވެސް، މިފަހަރު ހުކުމް ބަދަލު ވެގެން މިއުޅެނީ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ޣައިިބަށް ކަށުނަމާދު ކޮށްދިނުމަށް އެދުމުން، ބަޔަކު މީހުންގެ ފިއްތުމާއި ހުރެ އެކަން ކުރައްވަން ކެރިވަޑައިނުގެން، އެކަމުގެ މަތިޖެއްސެވުމަށް ކުރައްވާ ސިލްސިލާ ކަންތައް ތަކެއްގެ ދަށުން ކަމަށްވެސް ޑރ. އިޔާޒް ތުހުމަތު ކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *