ޔާމީނަށް ވެރިކަން ގެއްލުނީ، ތެދަށްވުރެ ދޮގުހެދުން ބޮޑުވެގެން: ޝުޖާ

ޔާމީނަށް ވެރިކަން ގެއްލުނީ، ތެދަށްވުރެ ދޮގުހެދުން ބޮޑުވެގެން: ޝުޖާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ގެއްލުނީ ތެދަށްވުރެ ބޮޑަށް ދޮގު ހެއްދެވުމުން އިތުރު ވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނުގެ ސަރުކާށް މިހާރު އެންމެ ބޮޑަށް ފާޑު ވިދާޅުވަނީ ޔާމީނެވެ. ރައީސް މުއިއްޒަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ހައުސިން މިނިސްޓަރެވެ. ނަމަވެސް ޔާމީންގެ ޕީޕީއެމްގައި ހުންނެވުމަށްފަހު ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ޕީއެންސީއަށް ބަދަލުވެވަޑައިގެން ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓު ހޯއްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، ޕްރޮގްރެސިވް ކޯލިޝަން ދޫކުރައްވައި ޔާމީން ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއްވެސް އުފައްދަވައިފައެވެ.

އެ ޕާޓީގެ ހަރުގޭގައި ޕްރަންޓް އޮފީހުގެ ބައްދަލުވުމުގެ ގޮތުގައި ބާއްވާ ބައްދަލުވުން ތަކުގައި އެންމެ ބޮޑަށް ފާޑު ކިޔަނީ ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ ސަރުކާރަށެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައިވެސް ޔާމީންގެ ފަރާތްޕުޅުން ރައީސް މުއިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުން ތަކެއް އަމާޒު ކޮށްފައެވެ.

އެ ވާހަކަ ތަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒާ ބެހޭގޮތުން ޕީއެންއެފުން ދައްކަނީ، ޒާތީ ވާހަކަ ތަކެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ނުދައްކައި، ކެރިގެން ސިޔާސަތަށް ފާޑުކިޔާކަށް އެބޭފުޅުންނަށް ކެރިވަޑައިނުގަންނަވާ ކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތަށް އެބޭފުޅުންނަށް ފާޑުކިޔެން ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެބޭފުޅުން ހަދަން ޖެހެނީ ހުސް ދޮގު ކަމަށާއި، ރައީސް ޔާމީންގެ ވެރިކަން ގެއްލުނީ ތެދަށްވުރެ ދޮގު ހެދޭލެއް ބޮޑުވެގެން ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާ އިތުރަށް ވިދާޅުވީ، ކުރައް ވަނީ ސިޔާސީ މަސައްކަތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސަ ކުދިން ލައްވައި ރައީސް މުއިއްޒާ ބެހޭގޮތުން ޒާތީ ވާހަކަ ދެއްކެވުން ކަމަށެވެ.

"ގައުމުގެ އިޖުތިމާއީ ފޭރާން ވީދި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ގަދަރު ނެތި ދަނީ ވެރިކަން ކޮށްފަ ތިއްބަވާ ބޭފެޅުން އެކަމަށް ދަހިވެތި ވެފަވާލެއް ބޮޑު ކަމުން، ރައީސް ޔާމީންގެ ފެންވަރު މިހާ ދަށު ދަރަޖައަށް ދިއުމަކީ ލަދުވެތި ކަމެއް. މިއަށް ކިޔަނީ ޒާތީވުން،" ރައީސް ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓުގައި ޝުޖާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *