އިއްޔެ އޮތް ބައި- އިލެކްޝަނުގައި ޝާހިދު ވޯޓު ލައްވަނީ. ފޮޓޯ: އެމްޑީޕީ

އަދިވެސް އެތެރޭގެ އިންތިޚާބު ތަކުގައި މަގު ދައްކައިދޭ ޕާޓީއަކަށް ވާނީ އެމްޑީޕީ: ޝާހިދު

އަދިވެސް އެތެރޭގެ އިންތިޚާބު ތަކުގައި މަގު ދައްކައިދޭ ޕާޓީއަކަށް ވާނީ އެމްޑީޕީ: ޝާހިދު

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން، ޕާޓީ ތަކުގެ އެތެރޭގެ އިންތިޚާބުގައި އަދިވެސް އެހެން ޕާޓީ ތަކަށް މަގު ދައްކައިދޭ ޕާޓީއަކަށް ވާނީ އެމްޑީޕީ ކަމުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު، އެކްސްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ވާދަވެރިކަމާއެކު އެތެރޭގެ އިންތިޚާބުތައް ބޭއްވޭނެކަން ސާބިތުކޮށްދިން ޕާޓީ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ މިރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ނިޒާމު ތަޢާރަފުކޮށް، ޕާޓީ ތެރޭގައިވެސް ވާދަވެރި އިންތިޚާބުތައް ބޭއްވޭނެކަން ސާބިތު ކޮށްދިން ޕާޓީ. މިޕާޓީ ވާނީ އަދިވެސް މަގު ދައްކައިދޭ ޕާޓީއަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އިއްޔެ އޮތް ވާދަވެރި އިންތިޚާބުގައި ގައުމީ މަޖިލީހުގެ ގޮނޑި ތަކަށް ވާދަކޮށް، ބައި- އިލެކްޝަނުގައި ކާމިޔާބު ހޯދި ހުރިހާ ކެންޑިޑޭޓުންނަށްވެސް މަރުޙަބާ ވިދާޅުވެފައެވެ.

އެކްސްގައި ޝާހިދު ކުރެއްވި މަރުޙަބާގެ ޕޯސްޓެއްގައި، އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ނުލިބުނު ކެންޑިޑޭޓުންގެ އިތުރުން އިއްޔެގެ ވޯޓު ލުމަށް ނުކުމެދިން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އިންތިޚާބުގެ ވޯޓުގެ ކުރިން ޝާހިދު ވަނީ ބައި- އިލެކްޝަން އޮންނަ ދާއިރާ ތަކުން ވީހާވެސް ގިނަ މެމްބަރުން ވޯޓުލާން ނުކުތުމަށް އެދިވަޑައިގެންފައެވެ.

އިއްޔެ އޮތް ބައި- އިލެކްޝަނުގައި ބަޔެއް ދާއިރާ ތަކުގައި ވާދަވެރިކަން ކިތަންމެ ބޮޑުވިޔަސް، ވޯޓުލުން ކުރިޔަށް ގޮސްފައި ވަނީ ޖުމްލަ ގޮތެއްގައި ވަރަށް އޮމާންކޮށެވެ. ޒުވާން ކެންޑިޑޭޓުން ނުކުމެ ބަޔެއް ދާއިރާ ތަކުން ކާމިޔާބު ހޯދިއިރު، އެމްޑީޕީގައި ދުވަސްވީ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންވެސް ކާމިޔާބު ހޯދާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *