ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިޔަން ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކޮށްފި

ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް 1.8 މިލިޔަން ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކޮށްފި

ސިފައިންގެ މީހަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އިގުރާރު ވުމުން، އެމީހާއަށް 1.8 މިލިޔަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ފަސްޓް ކްލާސްގެ މަގާމުން އަލީ ވަހީދު ދަފްތަރު ނަމްބަރު 2472 ވަކިކުރި މައްސަލައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ޚިލާފު ވެފައިވާތީ ކަމަށް ބުނެ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 25 ނޮވެމްބަރު 2013 ގައެވެ.

އަލީ ވަހީދުގެ ފަރާރުން އެ މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ 2 މާޗު 2014 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ، ކޯޓުގައި އޭނާ އެދިފައި ވަނީ، ވަޒީފާ އިއާދަކޮށް ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކޮށްދޭ ދުވަހާއި ހަމައަށް ވަޒީފާއިން ލިބެމުން ދިޔަ މުސާރަ އާއި އެލަވަންސް ތަކާއި، އެންމެހައި އިނާޔަތްތައް ހޯދުމަށެވެ. އަދި އެމްއެންޑީއެފްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ތަކާއި، އެލަވަންސް ތަކަށް އެެއްވެސް ބަދަލެއް އައިސްފައި ވާނަމަ، އެ ބަދަލު ހިމަނައިގެން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އިއާދަކޮށްދޭ ދުވަހާއި ހަމައަށް އެބައި ލިބިދިނުމަށާއި، އެ ދެމެދުގައި ވޭތުވާ ދުވަސް ތަކަކީ އޭނާ ޚިދުމަތުގައި ދެމިހުރި ދުވަސް ތަކެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.

ދައުލަތުން ސިވިލް ކޯޓުގައި ބުނެފައި ވަނީ އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައި ވަނީ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ތަހުގީގަށް ލިބިފައިވާ ހެތްކާއި ގަރީނާ ތަކުގެ މައްޗަށް ރިއާޔަތްކޮށް ސިފައިންގެ ޤާނޫނާއި، ސިފައިންގެ އާއްމު ގަވާއިދުގެ ދަށުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ، އޭނާ ޚިލާފު ވެފައިވާ ކަމަށް އެމްއެންޑީއެފްގެ ތަހުގީގަށް ސާބިތު ވާތީ، ސިފައިންކުރާ ކުށް ތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މި މައްސަލައިގައި 19 އޮކްޓޫބަރު 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފަށް ކަމަށެވެ.

އެހެން ކަމުން އޭނާ އެމްއެންޑީއެފްގައި އަދާކުރަމުން ދިޔަ ވަޒީފާ، 30 ދުވަހުގެ ތެރޭގައި ރުޖޫއަކޮށް ދިނުމަށް، ނުވަތަ ސިފައިންގެ ޤާނޫނުގެ ދަށުން ހަދާ ރިޓަޔާމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފްވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއް ކަމަށް ކަނޑައެޅުމަށާއި، އޭނާ އެ ވަޒީފާގައި ދެމިހުރި ކަމަށް ބެލުމަށާއި، 25 ނޮވެމްބަރު 2013 ވަނަ ދުވަހުން ފެށިގެން އޭނާ ވަޒީފާއަށް ރުޖޫއަ ކުރެވޭ ދުވަހާއި ހަމައަށް ނުވަތަ ރިޓަޔާ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އެންމެހާ އިނާޔަތްތައް ފުރިހަމައަށް ލިބިދިނުމަށްވެސް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ 23 ފެބްރުއަރީ 2015 ގައި ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅިއެވެ.

1 ޑިސެމްބަރު 2016 ގައި ހައި ކޯޓުން ހުކުމް ކުރީ އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާގައި ހުރެ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ އެމްއެންޑީއެފްއިން ތަހުގީގު ކުރުމަށްފަހު، ތަހުގީގަށް ލިބިފައިވާ ހެތްކާއި ގަރީނާ ތަކުގެ މައްޗަށް ރިއާޔަތް ކޮށްގެން ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓާއި ތަހުގީގަަށް ނެގިފައިވާ ބަޔާން ތަކުން ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް، އެ ފިކުރާއި ޕާޓީ ޕްރޮމޯޓް ކުރުމަށް އޮފީސް މާހައުލާއި އޮފީހުން ބޭރުގައި މަސައްކަތް ކޮށްފައި ވާކަން އެނގެން އޮތުމުން އޭނާގެ އެ އަމަލަކީ ޤާނޫނު އަސާސީ އާއި ސިފައިންގެ ޤާނޫނާއި ސިފައިންގެ އާއްމު ގަވާއިދާ ޚިލާފު އަމަލެއްކަން ސާބިތު ވާތީ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ހައިކޯޓުގެ ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތުމުން، ސިވިލް ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅައިފައެވެ. އަލީ ވަހީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

2 ނޮވެމްބަރު 2020 ގައި ސުޕްރީމްކ ޯޓުން ކުރި ހުކުމްގައި ވަނީ، އަލީ ވަހީދު ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރައީ އަދުލުވެރިކަން ގާއިމް ކުރެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އިގުރާރު ވެފައިވާ ކަމަށެވެ. އެހެން ކަމުން އަލީ ވަހީުދ ވަޒީފާއިން ވަކިކުރިއިރު އެމްއެންޑީއެފް ގައި އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫއަ ކުރުމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އަމުރު ކުރާ ކަމަށެވެ. މީގެއިތުރުން ބޭއިންސާފުން އަލީ ވަހީދު ވަކިކޮށްފައި ވާތީ އަދުލުވެރި ބަދަލު ހައްގުވާ ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށްވެސް ހުކުމްގައި ވެއެވެ.

އޭނާ ކޯޓުގައި އެދިފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ރުޖޫއަ ކުރެވޭ ދުވަހާ ހަމައަށް ވަޒީފާއިން ހައްގުވާ މުސާރަ އާއި އެލަވަންސް ތަކާއި އިނާޔަތްތައް ހިމަނައިގެން ޖުމްލަ 2.1 މިލިޔަން ރުފިޔާ ހޯދުމަށެވެ.

ނަމަވެސް މިއަދު ކުރި ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލުއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އިގްރާރު ވެެފައި ވާތީ، އަލީ ވަހީދު ވަޒީފާއަށް ރުޖޫއަ ކުރުމަށާއި، ބޭއިންސާފުން އޭނާ ވަކިކޮށްފައި ވާތީ، އަދުލުވެރި ބަދަލު ހައްގުވާކ ަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އެހެން ކަމުން އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އިއާދަކޮށްދިން ތާރީޚު ކަމަށްވާ، 23 ނޮވެމްބަރު 2020 އާ ހަމައަށް މުސާރަ އާއި އިނާޔަތްތަކާއެކު ޖުމްލަ 1.8 މިލިޔަން ރުފިޔާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) އަށް އަންގާ ކަމަށެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *