‏އެމްޑީޕީގެ މެމްބަރުންނަށް ޝާހިދު: މިއަދުގެ ވޯޓުގައި ދާއިރާ ތަކުގެ ހުރިހާ މެމްބަރުން ބައިވެރިވުން އެދެން

‏އެމްޑީޕީގެ މެމްބަރުންނަށް ޝާހިދު: މިއަދުގެ ވޯޓުގައި ދާއިރާ ތަކުގެ ހުރިހާ މެމްބަރުން ބައިވެރިވުން އެދެން

މިއަދު އޮންނަ އެމްޑީޕީގެ ދާއިރާ ތަކުގެ ބައި އިލެކްޝަނުގައި ޕާޓީގެ ހުރިހާ މެމްބަރުން ނުކުމެ، ވޯޓު ލައިދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އެކްސްގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ޕާޓީ ކަމަށެވެ. ޕާޓީ ހިންގުމުގައި ޕާޓީގެ މެމްބަރުންނަށް ސީދާ ބަސް ބުނެވޭ އަދި މެމްބަރުންނަށް ގޮތް ނިންމޭ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

" ބައި އިލެކްޝަން އޮންނަ ދާއިރާ ތަކުގެ މިޕާޓީގެ ހުރިހާ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންދެއްވުން އެދެން" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިއަދު މެންދުރު ފަހު 2:30 ން ފެށިގެން މިރޭ 9:00 އަށް ކަމުގައި އެޕާޓީން ވަނީ ބުނެފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *