އެންސީޓީސީ އާއެކު އޮތް 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

އެންސީޓީސީ އާއެކު އޮތް 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ އިސް ބޭފުޅުން ހާޒިރުު ކޮށްގެން މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެބައްދަލުވުން ސިއްރު ކޮށްފިއެވެ

241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އޭދަފުސީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ އެންސީޓީސީ އިން  މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓަކާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް އެތަނުގެ އިސް ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުމެއްް ކަމަށެވެ. ނަަމަވެސް އެއީ ކޮން ކަމަކާބެހޭ ރިޕޯޓެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

ސަލީމް ވިދާޅުވީ އެއީ ސިއްރު ރިޕޯޓެއް ކަަމަށާއި، އެ ރިޕޯޓު ސިއްރު ކޮށްދިނުމަށް އެންސީޓީސީ އިންވެސް އެދިފައިވާ ކަަށެވެ. އެހެން ކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަތަކާއި ގުޅިގެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހެޅުއްވީ އެ ކޮމޓީގެ އިންނެވި ކެލާ ދާއިރާގެ މެންބަރު އަބުދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެވަގުތު ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކޮމިޓީ ސިއްރު ކުރަން ފާސް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *