ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމަށް ބޮޑު މަޝްރޫއެއް އަންނަ އަހަރު ފަށާނަން: ރައީސް

ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމަށް ބޮޑު މަޝްރޫއެއް އަންނަ އަހަރު ފަށާނަން: ރައީސް

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭ ގޮތަށް ހެދުމުގެ ބޮޑު މަޝްރޫއެއް އަންނަ ސެޕްޓެމްބަރު މަހު ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަން ހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމުގައެވެ. މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސް ތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެކިރަށް ރަށަށް ކުރެއްވި ދަތުރުފުޅު ތަކުގައި ދަރިވަރުން އެންމެ ބޮޑަށް އެދުނު އެއްކަމަކީ ސްކޫލްތައް އޭސީކުރުން ކަމުގައެވެ. އެގޮތުން ސްކޫލު ތަކުގައި އޭސީ ހަރު ކުރުމުގެ މަޝްރޫޢުވެސް މިހާރު ފަށާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޤައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަ ކުރައްވައި، މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭން ފަށާފައިވުމާއި ސްކޫލް އެސެމްބްލީގައި މިހާރު ޤައުމީ ސަލާމް ކިޔަމުން ދިއުން ރައީސް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ނެޝަނަލް އައިޑެންޓިޓީއެއް ޤާއިމު ކުރުމަށް ގިނަ މަސައްކަތް ތަކެއް ފަށްޓަވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *