ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން ބަންޑާރަ ނައިބު އުނިކުރާ އިސްލާޙުގެ ބަހުސް ފަށައިފި

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން ބަންޑާރަ ނައިބު އުނިކުރާ އިސްލާޙުގެ ބަހުސް ފަށައިފި

އެޓާނީރ ޖެެނެރަލް (އޭޖީ) އުނިކޮށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި، ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް މިއަދު ފަށައިިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފުއެވެ. މި ބިލުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީވެސް ބާ ކައުންސްލްގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހިމެނުމަށް ޤާނޫނުގައި އޮތް ގޮތް ބަދަލު ކުރުން ކަމަށެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެން ވާނީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުންވެސް މި އިސްލާހު ގެންނަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ބިލްގައި ވަނީ ފާހަގަ ކޮށްފައެވެ.

ޤާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ފުރިހަމަ މިނިވަންކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ބާ ކައުންސިލަށް ހޯދައިދިނުންވެސް މި ބިލް ހުށަހެޅުމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭކަމަށް ބިލްގައި ބުނެފައި ވެއެވެ.

މީގެއިތުރުން ރަސްމީ އިދާރާ ތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒު ތަކުން ދޫކުރާ ލިޔުން ތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމު ތަކުގައި ބޭނުން ކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ބާވަތުގެ ލިޔެކިޔުން ތަކުގައި، ޑިޕްލޮމެޓިކް މިޝަން ތަކުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުންވެސް މި އިސްލާހު ގެނައުމުގެ ސަބަބު ތަކުގެތެރޭގައި ހިމެނެއެވެ.

އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *