ޖޭކޭ ރޯލިންގް- ފަގީރު ދިރިއުޅުމުން މަހުޖަނަކަށް ބަދަލުވި ގޮތް، ދީލަތި ކަމުން ބިލިޔަނަރުކަން ގެއްލުނު!

ޖޭކޭ ރޯލިންގް- ފަގީރު ދިރިއުޅުމުން މަހުޖަނަކަށް ބަދަލުވި ގޮތް، ދީލަތި ކަމުން ބިލިޔަނަރުކަން ގެއްލުނު!

ހެރީ ޕޮޓާގެ ފެންޓަސީ ވޯލްޑްގެ މުއައްލިފާ ޖޭކޭ ރޯލިންގްގެ ނަން މިހާރުގެ ގިނަ ޒުވާނުންނަށް އެނގޭނެއެވެ. ނަމަވެސް މިއަދު އޭނާ މި ހުރި މަގާމަށް އާދެވުނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލައިގެންނެވެ.

ކުރީގައި ޖޭކޭ ރޯލިންގް އުޅެފައި ވަނީ ވަރަށް ފަގީރު ދިރިއުޅުމެކެވެ. ބައެއް ފަހަރު ކާނެ އެއްޗެއް ނުލިބި ހައިހޫނުކަން ތަހައްމަލު ކުރަން ޖެހުނެވެ. ހެރީ ޕޮޓާ ފޮތް ލިޔެ އެތައް ބަޔަކަށް ހުށަހެޅި ނަމަވެސް، 12 ފަހަރު އެ ފޮތް ރިޖެކްޓް ކުރިއެވެ. މި ދަތި ދުވަސްވަރުގައި އޭނާގެ ކައިވެނިވެސް ރޫޅުނެވެ.

އުމުރުން 30 އަހަރުގައި އޭނާ ދިރިއުޅުން މަތިން މާޔޫސްވެ އަމިއްލައަށް މަރުވާންވެސް ވިސްނިއެވެ. ލިބުނު ހިއްދަތިކަމާއި ގުޅިގެން ޑިޕްރެޝަން އަދި އެންޒައިޓީ ގެ ނަފްސާނީ ބަލި ތަހަންމަލު ކުރަން ޖެހި އެކަމަށް ފަރުވާ ހޯދިއެވެ.

ނަމަވެސް، އުންމީދު ކަނޑައެއް ނުލިއެވެ. އޭނާގެ ހިތްވަރާއި މަސައްކަތުން ހެރީ ޕޮޓާ ފޮތް މުޅި ދުނިޔޭގައި މަޤްބޫލުކަން ހޯދިއެވެ. އެއްފަހަރާ އެތައް މިލިއަން ފޮތް ވިކުނެވެ. އަދި އެ ފޮތުގެ އެކި އެކި ޗެޕްޓަރުތައް ނުކުތެވެ. މިގޮތުން، ޖޭކޭ ރޯލިންގް ވީ ލިޔުންތެރިންގެ ތެރެއިން ފުރަތަމަ ބިލިއަނަރަކަށެވެ.

އޭނަގެ ފުރަތަމަ ފޮތް ކަމުގައިވާ ހެރީ ޕޮޓާ ނެރުނު ފުރަތަމަ ދުވަހު 11 މިލިއަން ކޮޕީ އެއްފަހަރާ ވިކި ހުސްވި އެވެ. މިހާރުވެސް ހެރީ ޕޮޓާ ވާހަކަ ސީރީޒް އަށް އޮތް މަގުބޫލުކަން ކުޑައެއް ނޫނެވެ. ވާނާ ބްރަދާސް އާއި ގުޅިގެން ހެރީ ޕޮޓާ ފޮތުގެ މައްޗަށް ފިލްމު ސީރީޒްއެއް ވެސް އުފެއްދިއެވެ. އެ ފިލްމުތައްވެސް އެތައް ބައެއްގެ ލޯބި ހޯދާފައި ވެއެވެ. ހެރީ ޕޮޓާ ބްރޭންޑުގެ އަގު މިއަދު 15 ބިލިޔަން ޑޮލަރުގެ އަގު ހުރި ނަމެކެވެ.

މުއްސަނދި ދިރިއުޅުމެއް ލިބުނު ނަމަވެސް، އޭނާ ކުރިން އުޅުނު ދަތި ހާލު ހަނދާން ނައްތައެއް ނުލިއެވެ. އޭނާ ފަޤީރުންނާއި ބޭނުން ޖެހިފައިވާ ނިކަމެތިންނަށް އެހީ ވަނީ ހައްދެއް ނެތް މިންވަރަށެވެ. އޭނާގެ ދީލަތި އެހީ ތަކުގެ ސަބަބުން ބިލިއަނަރުކަމުގެ ސްޓޭޓަސްވެސް ގެއްލުނެވެ.

ޖޭކޭ ރޯލިންގްގެ މި ހިތްވަރުގަދަ ވާހަކައިން އެނގެނީ، އުންމީދު ކަނޑާނުލައި މަސައްކަތް ކޮށްފިނަމަ، ކާމިޔާބު ހޯދިދާނެ ކަމެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމުގެ މުހިންމު ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *