ވަގަށް ސިގިރޭޓް އެތެރެކުރުމުގައި ބައިވެރިވި ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑުކޮށްފި

ވަގަށް ސިގިރޭޓް އެތެރެކުރުމުގައި ބައިވެރިވި ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑުކޮށްފި

ވަގަށް ރާއްޖެއަށް ސިގިރޭޓް އެތެރެ ކުރުމުގައި ބައިވެރިވި މައްސަލައަކާ ގުޅިގެން ކަސްޓަމް އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.
ކަސްޓަމްސްގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މިއަދު ވިދާޅުވީ، ސިގިރޭޓް ކޮންޓެއިނަރެއްގެ އިތުރުން އެއާ ކާގޯ އިން އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ ސިގިރޭޓް ކަސްޓަމުން ހިފަހައްޓާފައިވާނެ ކަމަށެވެ.
މާނިއު ވިދާޅުވީ ސީދާ ޕޮއިންޓުން އެތަކެތި އަލުގައި ގަނެފިނަމަ އެކަމުގައި ބައިވެރިވަނީ ކޮންބައެއްކަން ނޭނގޭނެތީ، އެކަމުގައި ބައިވެރިވާ ބަޔަކު ހޯދުމަށްޓަކައި، އެ ޝިޕްމަންޓުން ބައެއް މާލެ ތެރެއަށް ދޫކޮށްލި ކަމަށެވެ.
އެގޮތަށްކުރި މަސައްކަތުންނާއި، އިންޓެލިޖެންސް ބޭނުންކޮށްގެން ކުރި ތަހުގީގުން އޭގެ ފަހަތުގައި ތިބީ ކޮން ބައެއް ކަން އެނގުނު ކަމަށް ވެސް މާނިއު ވިދާޅުވިއެވެ.
އެ މައްސަލައިގައި ސަސްޕެންޑްކުރި ކަސްޓަމްސް އޮފިސަރަކީ، ސްކޭން ކުރާ މެޝިން ކައިރީގައިހުރި އޮފިސަރު ކަމަށް މާނިއު ވިދާޅުވިއެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *