ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދޭން އައިސީޖޭގައި ކުރިއަށް މައްސަލައަށް ރާއްޖެއިން ވަދެއްޖެ

ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދޭން އައިސީޖޭގައި ކުރިއަށް މައްސަލައަށް ރާއްޖެއިން ވަދެއްޖެ

މިޔަންމާއާ ދެކޮޅަށް ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވާން ރާއްޖޭގެ ހުށަހެޅުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއިން ބަލައިގެންފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ބުނީ އައިސީޖޭގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" މައްސަލައަށް ތަދައްޚުލްވުމަށް އެދި ރާއްޖޭގެ ހުށަހެޅުން އެ ކޯޓުން ބަލައިގެންފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އަދި އެ ކޯޓުން މި ހުށަހެޅުން ބަލައިގަތީ މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.

އެ މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އެ ޤައުމާ ދެކޮޅަށް 11 ނޮވެމްބަރު 2019 ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އޭޖީން ބުންޏެވެ. އެ މައްސަލައަށް ތަދައްޚުލްވެފައިވަނީ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ކަމަށް އޭޖީން ބުންޏެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖެއިން މިޔަންމާއާ އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ 2017ގަ އެވެ. މި މައްސަލައިގައި ތަދައްހުލްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2020 ވަނަ އަހަރު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *